Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

6 ފެބުރުއަރީ 2026 | ހުކުރު 08:21

ރާއްޖޭގެ ބުލަޑުބޭންކުތަކަށް ލޭ ހަދިޔާ ކުރާނެ މީހުންނަށް ބޭނުންވެފައިވާކަން ފާހަގަކޮށް ޚުތުބާ ގައި ބުނީ، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުން ކަމަށާއި، މިއީ ދެމިގެންވާ ސަދަގާތެއްކަމުގައި އިލްމުވެރީން ދެކެވަޑައިގަންވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ފެބުރުއަރީ 2026 | ހުކުރު 08:21
މީހަކު ލޭ ހަދިޔާ ކުރަނީ

މީހަކު ލޭ ހަދިޔާ ކުރަނީ

ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ހުކުރު ޚުތުބާ ގައި ގޮވާލައިފި އެވެ. 

''ލޭ ހަދިޔާކުރުމަކީ ސަދަގާތެއް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާ ގައި ބުނީ، މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ސަދަގާތްކުރުމަކީ، ދަރުމަހުރި ކަންކަން ކަމަަށާއި،އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ސަދަގާތެއް ކަމަށެވެ. ބައެއް ހެޔޮ އަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވާ ކަމަށާއި، އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ސަދަގާތެއް ކަމަށެވެ.

ޚުތުބާގައި ބުނީ، މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ އާޚިރަތް ދުވަހުން ތިޔަބައިމީހުން އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭ ކަމެއް ކަމަށެވެ. ލޭ އަޅާން ބޭނުންވާ ހާލަތް ތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށް ދިނުމަކީ، އޭނާ ގެ ފުރާނަ ސަލާމަތްކޮށް ދިނުން ފަދަ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހައްގަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެއް ކަމަށާއި، ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއް ކަމަށެވެ.

މާތް ﷲ ވަހީކުރައްވައިފައި ވެ އެވެ. މާނައީ: "ހަމަކަށަވަރުން ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ." ބަލިމީހެއްގެ ހަށިގަނޑަށް އަޅާންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނޭ ކަމެކެވެ. އަދި އޭނާ ގެ ހަށިގަނޑަށް އަޅާން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެއެވެ. ވީ އިރު އެއީ ކިޔެވިދިއަ އާޔަތުގައިވާ ފަދައިން މަތިވެރި ސަވާބާއި ގިނަގުނަ އަޖުރު ލިބޭނޭކަމެކެވެ.
ހުކުރު ޚުތުބާ 

މީގެ އިތުރުން ރާއްޖޭގެ ބުލަޑުބޭންކުތަކަށް ލޭ ހަދިޔާ ކުރާނެ މީހުންނަށް ބޭނުންވެފައިވާކަން ފާހަގަކޮށް ޚުތުބާ ގައި ބުނީ، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުން ކަމަށާއި، މިއީ ދެމިގެންވާ ސަދަގާތެއްކަމުގައި އިލްމުވެރީން ދެކެވަޑައިގަންވާ ކަމަށެވެ.

އެހެންކަމުން ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

ލޭ ހަދިޔާކުރުންހުކުރު ހުތުބާ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2026

ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

30 ޖެނުއަރީ 2026
ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ
23 ޖެނުއަރީ 2026

ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި

23 ޖެނުއަރީ 2026
ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި
09 ޖެނުއަރީ 2026

މި މުޖުތަމައުގައި މައިންބަފައިން ވެސް ނަމާދަށް ބަންގިގޮވާ އިރު ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ، މިއީ ބިރުވެތިވާން ޖެހޭ ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ
28 ނޮވެމްބަރު 2025

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ
21 ނޮވެމްބަރު 2025

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ
14 ނޮވެމްބަރު 2025

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
10 އޮކްޓޯބަރު 2025

އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ

10 އޮކްޓޯބަރު 2025
އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް