Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރީންނަށް ޚިދުމަތްދޭއިރު ރަމަޟާން މަހުގެ ހުރުމަތް ހިފެހެއްޓުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. އެގޮތުން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށާއި، އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ގޭތެރޭގެ މަސައްކަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. މީގެ އިތުރުން ޝަރުއީ އުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައެއްކަން ހަނދާންކޮށްދީ، ރޯދައިގެ ހުކުމްތަކަށް ސަމާލުވުމަށް ޚުތުބާގައި ވަނީ އިލްތިމާސް ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2026 | ހުކުރު 08:17
ރިސޯޓެއްގެ މުވައްޒަފަކު ފަތުރުވެރިންނަށް ޚިދުމަތް ދެނީ

ރިސޯޓެއްގެ މުވައްޒަފަކު ފަތުރުވެރިންނަށް ޚިދުމަތް ދެނީ | ކޯޕަރޭޓް މޯލްޑިވްސް

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

'' ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ '' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާ ގައި ބުނީ، ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމަށާއި، މުސްލިމު މުޖުތަމައުތަކުގައި ރަމަޟާން މަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭ ކަމަށެވެ. ވަކީން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އެގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ޚުތުބާގައި ބުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ޝަރުއީ އުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ އުޒުރުވެރީން ވެސް ރޯދަމަހުގެ ހުރުމަތް ދެމެހެއްޓުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، ފަރުޟުތައް އަދާކުރުމަށް ފަހު، ގޭތެރޭގައި ކުރާން ހުންނަ މަސައްކަތުގައި އެހީތެރިވާން ޖެހޭ ކަމަށާއި، ވަކީން ޚާއްސަކޮށް ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތް ނޫން ކަމަށެވެ.

ގިނަގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީވުމުގައެވެ. މާތް الله ވަޙީކުރައްވައިފައިވެ އެވެ. މާނަައީ، "އަދި ހެޔޮ ކަންތައް ކުޅައުމާއި ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި އަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!"
ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ވަނީ ފަރުޟު ރޯދަޔާ ބެހޭ މުހިންމު ބައެއް ހުކުމްތައް ދެނެގަތުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ރަމަޟާން މަހުގެ ވަގުތުތައް ބޭކާރު ނުކުރުމަށް އިލްތިމާސްކޮށް ޚުތުބާގައި ބުނީ، އެ މަހުގެ ރޭތައް އިހުޔާކުރާން ޖެހޭ ކަމަށާއި، އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރާން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ، ޝަރުއީ އުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ އެ ކުރީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ގަޟާ ކުރުން ކަމަށެވެ. 

ރަަމަޟާންހުކުރު ހުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

12 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު