Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ޚުތުބާގައި ވަނީ ރަމަޟާން މަހަކީ ގުރުއާން ބާއްވާލެއްވުނު މަތިވެރި މައްސަރު ކަމަށްވުމާއެކު، މި މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުށްފާފަތަކުން ތައުބާވެ ތަގުވާވެރިކަން އިތުރުކުރުމަށް ނަސޭހަތްތެރި ވެފައި. އަދި މި މައްސަރުގައި އަޅުކަންތައް އިތުރުކޮށް، މީހުންގެ ހައްގުތަކަށް އަރައިގަނެވިފައިވާ ނަމަ އެކަންކަން އިސްލާހުކޮށް، މާތް ﷲގެ ހަޟުރަތުގައި ދުއާކުރުން ގިނަކުރުމަށް ޚުތުބާގައި ބާރުއަޅާފައިވޭ. މީގެ އިތުރުން ރަމަޟާން މަހުގެ ދަރުމައާއި ސަވާބު އެދޭ މީހާ، ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސީރަތުން ނަމޫނާ ލިބިގަނެ އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ވެސް ގޮވާލާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 08:36
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން.

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމަށާއި، ދުއާ ކުރުން ގިނަ ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

'' ތަގުވާވެރިވުމާއި ތައުބާގެ މައްސަރު '' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މިއީ ގުރުއާން ބާއްވާލެއްވުނު މަސް ކަމާއި، ރަމާޟަން މަހުގެ މާތް ކަމަށް އަލިއަޅުވާލާފަ އެވެ. 

ޚުތުބާގައި ބުނީ، ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމަށާއި، މުސްލިމު މުޖުތަމައުތަކުގައި ރަމަޟާން މަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭ ކަމަށެވެ. އަދި ކުށްފާފަތަކުން ތައުބާވުން ގިނަ ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. 

ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާސްތެރިކަމާއެކު މާތް اللهގެ ހަސުރަތުގައި ދުއާދެންނެވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ އެ ހައްގު އަދާކުރަން ޖެހޭ ކަމަށެވެ. އަދި ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާން ޖެހޭ ކަމަށެވެ.

ފާފައިން ތައުބާވުމަށް އިރުޝާދުދެއްވައި މާތް الله ވަޙީކުރައްވައިފައި ވެ އެވެ. މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللهއީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ." ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ މުހިންމުކަމެކެވެ. އެހެންކަމުން އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެން މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް ގޮވައިލަމެވެ!
ހުކުރު ޚުތުބާ 

ޚުތުބާގައި ބުނީ، ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށާއި، ތަގުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ކަމަށެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާން މަހު އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރު ކަމަށެވެ.

އެހެންކަމުން މި މަތިވެރި މައްސަރުގައި ލިބިފައިވާ ފުރުސަތުގެ ބޭނުންހިފައި އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަކޮށް، މާތް ﷲ ގެ ހަޟްރަތުގައި ދުއާ ކުރުން ގިނަ ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި މާތް ﷲ މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުއާ ކުރުމަށް ވެސް ހަނދާން ކޮށްދީފައިވެ އެވެ.

ރަަމަޟާންހުކުރު ހުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026
ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

27 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

19 ފެބުރުއަރީ 2026
ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު