Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގިރާވަރުފަޅު

އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

15 އެޕްރީލު 2026 | ބުދަ 05:29

ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި މަޝްރޫޢުގެ ދަށުން 4،072 ގޯތި ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މަސައްކަތް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ދެއްވި ތާރީޚަށްވުރެ މިނިސްޓަރު ދެއްވި ތާރީޚު ލަސްވުމާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2026 | ބުދަ 05:29
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް | މަޖިލިސް

އޭޕްރީލް މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި އޮތް ނަމަވެސް، އެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވެނީ މެއި މަހުގެ ނިޔަލަށްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުގައި ހިއްކަން ކަނޑައަޅާފައި އޮތީ 169 ހެކްޓަރުގެ ބިމެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 54 ހެކްޓަރުގެ ބިން ހިއްކާފައި ވެސް ވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރު މަސައްކަތް ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރާ މައްސަލަތަކެއް ދިމާވެގެން އަލުން އެ މަސައްކަތް އެހެން ބަޔަކާ ޙަވާލުކުރަން ޖެހުނީއެވެ. އެގޮތުން މި ސަރުކާރު އައިސް އެ މަސައްކަތް އަލުން އެހެން ކޮންޓްރެކްޓެއް ކަމަށްވާ އެމްއޭސީއެލްއާ ޙަވާލުކޮށް އެ މަސައްކަތް ފެށީއެވެ.

އެމްއޭސީއެލްއިން އެ މަސައްކަތް ފެށީ 31 ޖެނުއަރީ 2026 ގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 97 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެ ތެރެއިން 44 ހެކްޓަރުގެ ބިން 9 އޭޕްރީލް 2026 ގެ ނިޔަލަށް ހިއްކާ ނިމިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ބާކީ ހުރި ބައި 31 މެއި 2026 ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ގިރާވަރު ފަޅު ގޯތިތައް ހިއްކާ ނިމޭނީ މެއި މަހުގެ ނިޔަލަށް ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް، މިއަހަރުގެ ކުރީކޮޅު ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް ދެއްވި ޑެޑްލައިނާ ވަޒީރުގެ ޑެޑްލައިނާ ދިމާނުވާކަން ފާހަގަ ކުރެވެއެވެ.

ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

އެއީ، 1250 އަކަފޫޓުގެ 2605 ގޯތި، 1650 އަކަފޫޓުގެ 1213 ގޯތި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯއްޗެވެ. 

ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫ ކުރުމަށް އިސްކަން ނުދޭ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރަސްމާލެ ތަރައްގީ ކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. 

މީގެ އިތުރުން އެތައް ފަހަރެއްގެ މަތީން ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށްގު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު އޭޕްރީލް މަހު ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެތައް ތާރީހުތަކެއް ދެއްވާފަ އެވެ. 

 

މުއްތަލިބުގިރާވަރުފަޅުގޯތިމަޖިލިސް ޖަލްސާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!
13 އެޕްރީލު 2026

ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް

13 އެޕްރީލު 2026
ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް
13 އެޕްރީލު 2026

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

13 އެޕްރީލު 2026
މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު
21 މާރިޗު 2026

‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

21 މާރިޗު 2026
‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި
04 މާރިޗު 2026

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ އަދަދު މިނިސްޓަރަށް މިއަދުވެސް ވިދާޅުވެނުދެއްވުނު

04 މާރިޗު 2026
ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ އަދަދު މިނިސްޓަރަށް މިއަދުވެސް ވިދާޅުވެނުދެއްވުނު
31 ޖެނުއަރީ 2026

ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި

31 ޖެނުއަރީ 2026
ގިިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުރު ނަގަން ފަށައިފި
29 ޖެނުއަރީ 2026

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026
"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ
26 ނޮވެމްބަރު 2025

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

26 ނޮވެމްބަރު 2025
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް