Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައި ލިބޭގޮތަށް ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުން، ސަރުކާރުގެ މެންބަރުން އެކަމަށް ބަހުސް ކުރުމުގެ ބަދަލުގައި ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި. ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުއަސާސީ އަށް ދެމުންދާ ހަމަލާތަކަށް ރައްޔިތުން މިހާރު ނޫނެކޭ ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 08:03
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް

ޤާނޫނުއަސާސީއާ، ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ބިމާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން އެ އިސްލާޙަކީ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދެވޭ ގޮތް ހެދުމަށް ހުށަހަޅުއްވާފައިވާ އިސްލާޙެކެވެ.

Advertisement - newsAdvertisement

މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. އެގޮތުން އެ ޙާލަތު ދިމާވާނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމެވެ. އެ ޙާލަތުގައި މައިމުޅަވުމޭ ކިޔަނީ މި ގޮތް ދިމާވުމުން އަންހެން ދަރީގެ ދަރީން، ކާފަ ނުވަތަ މާމަގެ މުދަލުން މަޙުރޫމު ވާތީ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ އިސްލާޙަށް ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ބޮޑު އިންތިޚާބަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް ފެށިފައިވާ ކަމަށާއި، ނަމަވެސް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ވިސްނުން އަދިވެސް ހުރީ ކުރިން ހުރި ގޮތަށް ކަމަށެވެ. ސަބަބަކީ މައިމުޅަވާ މީހުންނަށް ދިމާވާ މައްސަލަ ޙައްލުކޮށް ދިނުމަށް އެމްޑީޕީގެ ފަރާތުން ބިމާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުން އެ މައްސަލައަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ސިޔާސީ މަންފާ ހޯދަން ސަރުކާރުގެ މެމްބަރުން ވާހަކަ ދައްކަވަމުން ގެންދިއުމެވެ.

މިކާއީލް ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުން މިއަދު ނުކުންނަމުންދަނީ ދިވެހި ރައްޔިތުން ކަނޑައެޅިގެން "ރިޖެކްޓް ކޮށްފައިވާ" އަދި ނޫނެކޭ ބުނެފައިވާ ސިޔާސަތުތަކެއްގެ ދިފާއުގައި ކަމަށާއި، ޤާނޫނުއަސާސީއާ، ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ދެން ވެސް ސަރުކާރުން ކުރަންވީ ކަމަކީ އެ ސިޔާސަތުތައް ބަދަލުކޮށް ކަންކަން އިސްލާޙު ކުރުންކަން މީކާއީލް ފާހަގަ ކުރެއްވި އެވެ.

ރައްޔިތުން ރިޖެކްޓް ކޮށްފައިވާ، ރައްޔިތުން ކަނޑައެޅިގެން ނޯ ޖަހާފައިވާ ސިޔާސަތުތަކެއްގެ ދިފާއުގައި ޕީއެންސީގެ މަޖިލިސް މެމްބަރުން ނުކުންނަވާ މަންޒަރު އަޅުގަނޑުމެންނަށް އަނެއްކާ ވެސް ތަކުރާރުވެގެން މި އަންނަނީ، މި ރާއްޖޭގެ ރައްޔިތުން ބުނަމުން އައި އެއް ވާހަކައަކީ ޤާނޫނުއަސާސީއާ، ދިވެހިރާއްޖޭގެ ދުސްތޫރަށް ޕީއެންސީއާ ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ނޫނެކޭ، އިއްޒަތްތެރި ރައީސް ލޯކަލް ކައުންސިލް އިންތިޚާބެއްގައި 70 އިންސައްތަ ރައްޔިތުން ނުކުމެ ނޫނެކޭ ބުނީމާ އެ އޮތީ ނޫނެކޭ ބުނެފައި. އެހެންވީމާ އެކަން ހަޖަމުކޮށް، އެކަން ޤަބޫލުކޮށް ދެން ވެސް ސިޔާސަތުތައް ބަދަލުކުރުން އެއީ ސަރުކާރުން ކުރަންވީ ކަމަކީ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއީލް އިތުރަށް ވިދާޅުވީ،  މިހާތަނަށް ސަރުކާރުން އަމަލު ކުރަމުން އައި ގޮތާއި، ސިޔާސަތުތައް ބައްޓަން ކޮށްފައިވާ ގޮތާމެދު ރައްޔިތުން ތިބީ ނުހަނު ނުރުހިފައި ކަމަށެވެ. ވަކިން ޚާއްސަކޮށް ޕީއެންސީގެ މެމްބަރުން ސަރުކާރުގެ ޕަޕެޓުންގެ ގޮތުގައި ތިބެ ކުރި ހުރިހާ ކަމަކަށް ވެސް ރައްޔިތުން މިހާރު ނޫނެކޭ ބުނެފައިވާކަން މީކާއީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީކާއިލް ނަސީމްމަޖިލިސް ޖަލްސާދުސްތޫރީ މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

13 އެޕްރީލު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފާސްކޮށްފި

ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފާސްކޮށްފި

19 ފެބުރުއަރީ 2026
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު