Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަތަނީ ޚިދުމަތުގެ ބިލު

ވަތަނީ ޚިދުމަތުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި

15 އެޕްރީލު 2026 | ބުދަ 07:08

ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ޚިދުމަތަށް އަހުލުވެރި ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި "ވަތަނީ ޚިދުމަތުގެ ބިލު" ގައިވާ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް. މި ޕްރޮގްރާމްގެ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޚާއްޞަ ގަވަރނިންގ ކައުންސިލަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2026 | ބުދަ 07:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން | ރާއްޖެއެމްވީ

ވަތަނީ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބިލު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ. 

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ 50 މެމްބަރުންގެ ވޯޓާއެކުއެވެ. 

Advertisement - newsAdvertisement

މި ބިލަކީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތައާރަފްކޮށް، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުމަށް އެކުލަވާލާ ބިލެކެވެ. 

ބިލުގައި ބުނެފައި ވަނީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ހިންގުމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ގަވަރނިންގ ކައުންސިލުން ކަމަށެވެ. އެ ކައުންސިލްގައި ތިއްބަވާނީ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ދާހިލީ ވަޒީރު، ފިނޭންސް މިނިސްޓަރ، ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް އެވެ. އެ ކައުންސިލްގެ ރައީސް އަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޕްރޮގްރާމްގެ ސިޔާސަތުތައް އެކުލަވާލުމަށް ލަފާދިނުމަށް ލަފާ ދޭ ކޮމިޓީ އެއް އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. 

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅަނީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ އަދި އެ ނޫން ދާއިރާތަކުގައި ޚިދުމަތް ކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މި ބިލުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވާ، ޤައުމަށާއި މުޖުތަމައު އަށް ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން ޤާބިލްކަން އަށަގެނެވުމަކީ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވެ އެވެ. 

މި ބިލުގައި ބުނެފައި ވަނީ އެ ބިލު ތައާރަފްކުރުމުގެ މަގްސަދަކީ ވަތަނީ ޚިދުމަތުގެ ދަށުން ހިމެނޭ ދާއިރާތަކުގައި ވަތަނީ ޚިދުމަތް ފޯރުކޮށްދިނުމަށް، ޖިސްމާނީ އަދި ފިކުރީ ޤާބިލްކަން އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ތައާރަފްކޮށް ތައުލީމާއި، ތަމްރީނު އަދި ތަޖުރިބާ ފޯރުކޮށްދިނުން ކަމަށެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި އެކުލެވިގެންވާ ބައިތައް ވެސް އެ ބިލުގައި ހިމަނާފައި ވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.  

މި ބިލުގައިވާގޮތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހުގެ އިތުރުން، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމެވެ. މިހާރު ބިލު އޮތްގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްމަޖިލިސް ޖަލްސާ241 ކޮމިޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

15 އެޕްރީލު 2026
އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!
14 އެޕްރީލު 2026

ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!

14 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙުގައި އޮންނަނީ "ޤާނޫނުގައިވާ" ގޮތަށް ވަކިކުރާ ވާހަކަ، ދައުލަތުން ބުނީ އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއްކަމަށް!
13 އެޕްރީލު 2026

ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް

13 އެޕްރީލު 2026
ޤާނޫނުއަސާސީއާ، ރާއްޖޭގެ ދުސްތޫރަށް ޕީއެންސީ އާއި ސަރުކާރުން ދެމުން އަންނަ ޙަމަލާތަކަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފި، ދެންވެސް ސިޔާސަތު ބަދަލުކުރޭ: މީކާއީލް
13 އެޕްރީލު 2026

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

13 އެޕްރީލު 2026
މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު
06 އެޕްރީލު 2026

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

06 އެޕްރީލު 2026
ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
06 މާރިޗު 2026

ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން

06 މާރިޗު 2026
ކޮމިޝަނަރުކަމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އަހުލާގީ އަދި އެތިކަލް މައްސަލައާއި ބާރާއި ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތު އޮތް ފަރުހާދާއި ޝިފާން
08 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
26 ނޮވެމްބަރު 2025

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

26 ނޮވެމްބަރު 2025
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް