Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޖަލްސާ

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވުމަކީ މި ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބު: ޒިޔާދު

ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، ސަރުކާރަށް ހެދޭ ގޯސްތައް ރައީސުލްޖުމްހޫރިއްޔާއަށް ސާފުކޮށް ބުނެދޭންޖެހޭ ކަމަށް. އިންތިޚާބުތަކުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިވަނީ މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުނުކުރެވޭތީކަން އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 06:58
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ނުކުރެވުމަކީ ސަރުކާރުގެ ނާކާމިޔާބީގެ އަސްލު ސަބަބުކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒިޔާދު އެފަދައިން ވިދާޅުވީ ބިމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ، މި ބިލަށް ޖުމުލަކޮށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް ބިލާމެދު ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެކަންކަމަށް ކޮމިޓީ މަރުޙަލާގައި ފުންކޮށް ވިސްނައި ބަދަލުތައް ވެސް ގެނެވޭނެކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، މި ބިލު ހުށަހެޅިގެން ދިއުމާއެކު ސަރުކާރުގެ ފަރާތުން ވެސް މިފަދަ ބިލެއް ހުށަހަޅަން ނިންމާފައިވާކަން ތަޅުމުގައި ހާމަވެގެން ގޮސްފައިވާ ކަމަށާއި، އަބަދު ވެސް ކަންކަން ހިނގަނީ އެ މަގުން ކަމަށެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ތަޅުމުގައި ޕީއެންސީގެ މެމްބަރުން ދެއްކެވި އެކި ވާހަކަތަކާ ގުޅޭގޮތުން ޒިޔާދު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ ފްލެޓުގެ މަޝްރޫއު ކުރިއަށް ދިޔައިރު އޭރު މައްސަލަތަކެއް ދިމާވި ކަމަށާއި، އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ ކާކުކަން ރައްޔިތުން ވެސް ދަންނާނެ ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، މިއަދު ކަން ހިނގައި ދިޔަ ގޮތް ޤަބޫލު ނުކޮށް ކޮންމެ ބޭފުޅަކު ވެސް ތިމަންނާ މި ހުރީ ރައީސާއެކު ގަދަކޮށް ކަމަށް ބުނެ ޕޯސްޓު ޖެހުމަކުން ކަންކަން ޙައްލެއް ނުވާނެ ކަމަށެވެ. އެގޮތުން އިންތިޚާބުގެ ނަތިޖާއަކީ ޤައުމުގައި ވަރަށް ގިނަ ކަންކަން ގޯހުން ގޮސްފައިވާކަމުގެ ހެއްކެއްކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު ޤަބޫލުކުރަނީ މިއަދު ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކަން ހިނގާ ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް ރީތި ސާފު ބަހުން ބުނެދިނުން، އޭގެ ބަދަލުގައި ތިމަންނާ މި ހުރީ ރައީސާއެކު ގަދަކޮށޭ ޖަހާފައި ޕޯސްޓެއް ޖެހުމަކުން އަދި އިއްޒަތްތެރި ރައީސް މިކަން ހައްލެއް ނުވޭ، މި ޤައުމުގައި ވަރަށް ގިނަ ކަންކަން ގޯހުން ދިޔަކަމުގެ ނަތީޖާ މި އިންތިޚާބުގެ ނަތީޖާއަކީ، އެހެންވީމާ ރައީސާއެކު ހެޔޮ ނިޔަތުގައި ގަދަކޮށް ތިބި މީހުން ރައީސަށް ބުނެދެންވީ ގޯސްވީ ހިސާބުތައް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

މީގެ އިތުރުން، ރައީސަށް އިންތިޚާބުތައް ގެއްލެން މެދުވެރިވި އެއް ސަބަބަކީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ތެރޭގައި މިނިވަން މެމްބަރުން ނެތުންކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، ސަރުކާރަށް ހެދެމުންދާ ގޯސްތަކުގެ ވާހަކަ މެމްބަރުންނަށް ނުދެއްކުނީ ޕާޓީން ފިޔަވަޅު އަޅާފާނެ ކަމުގެ ބިރާހެދި ކަމަށެވެ.

އެހެންކަމުން އެ ގޯސްތަކަށް ނުރުހޭތީ ރައްޔިތުން ވޯޓުން އެކަން ދެއްކީކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މަޖިލީހުގައި ރައްޔިތުންނާއި ދާއިރާގެ ޙައްޤުގައި ބަސްބުނެވޭ މިންވަރަށް ސަރުކާރު މެމްބަރުން މިނިވަންވާން ޖެހޭ ކަމަށާއި، އިންތިޚާބުތައް ގެއްލުނީ އެހެން އެކަން ނުވުމުގެ ސަބަބުން ކަމަށެވެ.

ބޭސް ނެތިގެން އެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ފަހަރަކު މި މަޖިލީހުގައި ދެއްކިން، އެހެންނަމަވެސް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެ ދުވަހު މަޖިލީހުގައި ވިދާޅުވީ އަޅުގަނޑުމެންނަށް ބޭސް ލިބެއޭ، އެކަމަކު ވޯޓުގެ ނަތީޖާއިން އެ އެނގުނީ އިއްޒަތްތެރި ރައީސް ބޭސް ނުލިބޭކަން އެ ދާއިރާގެ ރައްޔިތުންނަށް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު ވަނީ މަޖިލިސް މެމްބަރުން ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ބަސް ނުބުނާނަމަ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން ނޫނެކޭ ބުނާނެކަން ފާހަގަ ކުރައްވާފައެވެ.

 

ޙުސެއިން ޒިޔާދު (ފިއްޓޭ)މަޖިލިސް ޖަލްސާއިންތިޚާބާބޭހޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބަޔަކު ކާމިޔާބީގެ ޝަރަފު ހޯދަން އުޅުނަސް، ގޮތް ނިންމީ ރައްޔިތުން!

ގިނަ ބަޔަކު ކާމިޔާބީގެ ޝަރަފު ހޯދަން އުޅުނަސް، ގޮތް ނިންމީ ރައްޔިތުން!

09 އެޕްރީލު 2026
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

03 މާރިޗު 2026
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު