Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނާ ސުވާލުކުރުން

މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

އެމްޑީޕީގެ މެންބަރުން، މިނިސްޓަރުންނާ ކުރައްވާފައިވާ 60 އަށް ވުރެ ގިނަ ސުވާލަށް ޖަވާބު ނުލިބޭތީ، އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބަޔާންކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އެޕްރީލު 2026 | ބުދަ 09:33
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ލިބިފައި ނުވާކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)  ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީއެއްގައެވެ.

އެ ސިޓީގައި މެމްބަރު ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ޑިސެމްބަރު 4، 2024 އިން ފެށިގެން ޖެނުއަރީ 13، 2026 އާ ހަމައަށް ފޮނުވާފައިވާ ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައިނުވާކަން ފާހަގަ ކުރައްވާފައެވެ.

 ކުޑޫ ހުށަހަޅުއްވާފައިވާ ލިއުންތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން މިނިސްޓަރުންނަށް ފޮނުއްވާފައިވާ 62 ސުވާލަށް މިހާތަނަށް ޖަވާބު ނުލިބި އެބަ އޮތެވެ. އެ ސުވާލުތަކުގެ ތަފްސީލުތައް ވެސް ސިޓީއާއެކު ހިމަނުއްވާފައިވެއެވެ.

މެމްބަރު ހުށަހެޅުއްވި ސިޓީގައި ވަނީ ކަނޑައެޅިގެން ގާނޫނެއްގައި ވަކި ގޮތަކަށް އޮއްވައި، އެގޮތަށް އެކަން ނުކުރުމަކީ ގާނޫނަކާ ހިލާފުވުމުގެ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފައެވެ.

މެމްބަރު ވަނީ މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން އެކުލަވާލުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބަލައިދިނުމަށް އެދި ވެސް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން މި މައްސަލަ އާއި ގުޅޭ ގޮތުން އޭނާ ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ބަލާ އިރު އެޕް އެކުލަވާލުމަށް ހުޅުވާލައި ބޭއްވި ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިން ކުންފުނިތަކަކީ ކޮބައިތޯ އާއި އެކަމުގައި ބެލި މިންގަނޑުތަކަކީ ކޮބާތޯ ސުވާލުކުރައްވާފައި ވެ އެވެ.

 

މުޙައްމަދު އިބްރާހީމް (ކުޑޫ)ވަޒީރުންގެ ޖަވާބުދާރީވުންމަޖިލިސް ސެކްރެޓޭރިއަޓް

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް
22 މާރިޗު 2026

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

22 މާރިޗު 2026
އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި
22 މާރިޗު 2026

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ
11 މާރިޗު 2026

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި
28 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު