Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް

21 އެޕްރީލު 2026 | އަންގާރަ 07:31

މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މަސްވެރިންނަށް ފައިދާއެއްވުމުގެ ބަދަލުގައި، ބޮޑެތި ޖޫރިމަނާތަކާއި ފީތައް ނެގުމަށް އަމާޒުކޮށްފައިވާ ބަދަލުތަކެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ. މި ބިލުގައިވާ 25 މާއްދާގެ ތެރެއިން ގިނަ އިސްލާހުތަކަކީ މަސްވެރިންނަށް ދަތިވާނެ ގޮތަށް ފަރުމާކޮށްފައިވާ ކަންކަން ކަމަށާއި، މީގެ ސަބަބުން މަސްވެރި އާއިލާތަކަށް އެއްވެސް މަންފާއެއް ނުލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި. އެގޮތުން މަސްވެރި އުޅަނދުތަކުން ފީ ނެގުމާއި ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އުސޫލުތައް މި އިސްލާހުގައި ހިމެނޭކަން ނާޒިލް ބަހުސްގައި ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އެޕްރީލު 2026 | އަންގާރަ 07:31
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް | ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ގިނައީ މަސްވެރިންގެ އަތުން ފީ ނެގޭނެ ވާހަކައާ މަސްވެރިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ކަމަށާ މި ބިލު ފަރުމާ ކުރެވިފައިވަނީ ވީހާ ވެސް ގިނަ ގޮތްގޮތުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހްމަދު ހުށަހަޅުއްވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ ބިލުގެ 25 މާއްދާ އަށް އިސްލާހު ގެނެވިފައިވީއިރު މީގެ ތެރެއިން 19 މާއްދާ އަށް ވުރެ ގިނަ އިސްލާހުތަކަކީ މަސްވެރިންގެ އަތުން ފީ ނެގޭނެ ވާހަކައާ މަސްވެރިކަން ނުކުރެވޭ ސަރަހައްދުތަކުގެ ވާހަކައާ ބޮޑެތި ޖޫރިމަނާތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން 2 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ އަރައިގެން ދާނެ ވާހަކަ ބިލުގައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. 

ނާޒިލް ވިދާޅުވީ މި ގާނޫނަށް ސަރުކާރުން އަވަސް އަރުވާލައިގެން އިސްލާހު ގެނަސްފައިވާއިރު މަސްވެރިންނަށް، ޚާއްސަކޮށް ރާއްޖޭގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ބޮޑު ފައިދާ އެއް ވާނެ ގޮތަށް މި ބިލު ފަރުމާ  ކުރެވިފައިވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. އެހެން ނަމެސް ބިލު ފަރުމާ ކޮށްފައި ވަނީ މަސްވެރިންނަށް އެންގެ ގިނަ ގޮތްގޮތުން އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ނާޒިލް ވިދާޅުވި އެވެ. 

މަސްވެރިން ކޯޓަށް ގެންދާނެ ވާހަކައާ މަސްވެރިންނަށް އަދަބު ދޭނެ ވާހަކައާ މަސްވެރި އުޅަނދުތައް ބަނދަރު ކުރީމަ އެ އުޅަނދުތަކުން ފީ ނެގޭނެ ވާހަކައާ މަސްވެރިންނަށް ވީހާ ވެސް ގިނަ ގޮތްގޮތުން އުނދަގޫ ކުރެވޭނެ ގޮތަށް މުޅި ބިލު ފަރުމާ ކުރެވިފަ ވަނީ. ސަރުކާެރުގެ މެންބަރުންގެ ވާހަކައިގަ ބިލެތާ ފޯކާ، ބިލެތާ ފޯކުގެ ވާހަކައާ ފެންބިލާ ކަރަންޓު ބިލުގެ ވާހަކައާ މިފަދަ އެތައް ވާހަކައެއް. އެހެން ނަމަވެސް މި ބިލުގަ ހުރި މާއްދާއަކަށް ރިއާޔަތްކޮށް މި ބިލުން މަސްވެރިންނަށް ވާ ފައިދާގެ ވާހަކަ އެއް ނެތް ދައްކަވާފަ. 
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވި ސަރުކާރުގެ ފަރާތުން ސަރުކާރުގެ މެންބަރަކު ހުށަހެޅުއްވި މި އިސްލާހުން މަސްވެރިއަކަށް ފައިދާ ކުރާނެ ބިލެއް ހުށަހެޅުއްވި ނަމަ ތައުރީފް ވެސް ކުރެއްވީސް ކަމަށެވެ. އެހެން ނަމަވެސް މި ބިލަކީ މަސްވެރިއަކަށް ނުވަތަ މަސްވެރި އާއިލާ އަކަށް ވެސް ފައިދާ ވާނެ ބިލެއް ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ. 

އެ ބިލުގައި ވަނީ މަސްވެރިން ޖޫރިމަނާ ކުރެވޭނެ ހާލަތްތަކާ، އެ އަދަދުތަކުގެ އިތުރުން، ބައެއް ގަވާއިދުތަކާ އުސޫލުތައް ވެސް ހިމަނާފަ އެވެ. 

އިބްރާހިމް ނާޒިލްމަސްވެރިކަމުގެ ގާނޫނުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

20 އެޕްރީލު 2026
މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު
20 އެޕްރީލު 2026

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
20 އެޕްރީލު 2026

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު
19 އެޕްރީލު 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
19 އެޕްރީލު 2026

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

19 އެޕްރީލު 2026
މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ
18 އެޕްރީލު 2026

ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

18 އެޕްރީލު 2026
ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް
17 އެޕްރީލު 2026

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026
ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް
16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
16 އެޕްރީލު 2026

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

16 އެޕްރީލު 2026
ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް