Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

ޑޮލަރުގެ އަގު ކުޑަކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސީދާ ޖަވާބެއް ނުދެއްވައި، ސަރުކާރުން ބޭރު ފައިސާ ދޫކުރި މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވައިފި. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުރިއިރު، މިނިސްޓަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް ގެނައި ބަދަލުތަކާއެކު މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް. ނަމަވެސް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން މުދަލުގެ އަގު އުފުލިދާނެކަމުގެ ބިރު އޮތްކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 11:47
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ޖަވާބު ނު ދެއްވުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް މިނިސްޓަރު ސައީދު ހާޒިރުވެވަޑައިގެންފައި ވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވަނީ ޑޮލަރެއް ގަންނަން ލިބޭ އަގު ކުޑަކުރެވޭނީ ކޮންއިރަކުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބުނުދެއްވައި މިނިސްޓަރު ވަނީ އެހެން ވާހަކައެއް ދައްކަވާފަ އެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެންދިއުމަކީ ދިވެހިރާއްޖަށް ފަހުން ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ދެން އަޅުގަނޑު ހަމަ އިއްޒަތްތެރި މެންބަރު ނާޒިލް ކުރެއްވި ސުވާލުގެ ޖަވާބުގައި ކިޔައިދިން ހަމަ ޖަވާބު ކިޔައިދޭން އިއްޒަތްތެރި މެންބަރަށް އޮންނަ އިހުތިރާމެއްގެ ބޮޑުކަމުން އަނެއްކާވެސް އަޅުގަނޑު ހަމަ ކިޔައިދޭނަން. މި އަހަރުގެ މިހާތަނަށް ބޭރު ފައިސާ ދޫކޮށްފައިވާ މިންވަރަކީ 106.2 މިލިއަން ޑޮލަރު. މިއީ އެވްރެޖްކޮށް ގާތްގަނޑަކަށް މަހަކު، އިއްޒަތްތެރި މެންބަރު އަޑުއައްސަވާތި، 35.4 މިލިއަން ޑޮލަރު. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 ޕަސެންޓުގެ އިތުރުވުމެއް. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އޭގެ އިތުރުން ސައީދު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް މީގެ ކުރިން އެއްވެސް ވެރިޔަކަށް ގެންނަވަން ކެރިވަޑައިނުގެންނެވި ފަދަ ބަދަލުތަކެއް މި ސަރުކާރުން ގެނަސްފައިވާ ކަމަށެވެ. 

މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ އެހެން ވާހަކަތަކެއް މިނިސްޓަރު ދެއްކެވުމުން މެންބަރު ވަނީ ޑޮލަރު ގަންނަން ލިބެނީ 20 ރުފިޔާ އަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބަކީ ލޯބީގެ ވާހަކަ އެއް ނޫން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޑޮލަރު މާރުކުރާ ގްރޫޕުތަކުން ހާމަކުރާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20 ރުފިޔާ އާއި 20.05 ރުފިޔާ އާ ދެމެދު ގަ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭރުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާ އަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދިވެސް ވިދާޅުވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.

ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.

ޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރ މުޙައްމަދު ސަޢީދުޑޮލަރު ބާޒާރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު