Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026 | ހޯމަ 08:48

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބޮޑެތި ބަދަލުތަކާއެކު، ވުޒާރާތަކުގެ އަދަދު 15 އަށް މަދުކުރައްވައި އައު ހަތަރު ވަޒީރަކު ވަނީ އައްޔަނުކުރައްވާފަ. ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެންނެވި މި ބަދަލުތަކާ ގުޅިގެން، ބަންޑާރަ ނައިބު ފިޔަވައި ކެބިނެޓުގެ 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ. މި އިޞްލާޙީ ބަދަލުތަކަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހަލުވިކަން ގެނައުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ހާމަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 އެޕްރީލު 2026 | ހޯމަ 08:48
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނަވާ، ވަޒީރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތު

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނަވާ، ވަޒީރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތު | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓިއަށް ފޮނުވައިފި އެވެ. 

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

Advertisement - newsAdvertisement

14 އޭޕްރީލް 2026 ގައި ރައީސް މުއިއްޒު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައިވެ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން  22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓު އެކުލަވައި ލެއްވި އެވެ. ނަމަވެސް އެންމެ ފަހުން ގެންނެވި ބަދަލާއެކު ކެބިނެޓްގައި މިހާރު ތިއްބަވަނީ 15 ވަޒީރުންނެވެ. 

ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މެންޑޭޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، އޭނާއަށް އަލުން ރުހުން ހޯދަން ނުޖެހޭނެ ކަމަށް ވަނީ ނިންމާފަ އެވެ. 

އާ ކެބިނެޓް އެކުލަވައިލެއްވިއިރު، ކުރިން ވަޒީރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފަ އެވެ. އަދި މުޅިން އަލަށް ހަތަރު ބޭފުޅަކު ވަނީ ކެބިނެޓަށް އައްޔަނުކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފް އެވެ.

އައު ކެބިނެޓް ވަޒީރުން

  1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު
  2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން
  3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް
  4. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު
  5. މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ
  6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު
  7. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  8. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން
  9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަލްފާޟިލް ޢަބްދުﷲ ރާފިޢު
  10. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ހީނާ ވަލީދު
  11. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
  12. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފް
  13. މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމް
  14. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލް ޙަސަން ރަޝީދު
  15. އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހުމަދު އުޝާމް

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްވަޒީރުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
20 އެޕްރީލު 2026

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު
19 އެޕްރީލު 2026

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން
19 އެޕްރީލު 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
19 އެޕްރީލު 2026

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

19 އެޕްރީލު 2026
މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ
18 އެޕްރީލު 2026

ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

18 އެޕްރީލު 2026
ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް
18 އެޕްރީލު 2026

ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު

18 އެޕްރީލު 2026
ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
17 އެޕްރީލު 2026

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026
ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް
17 އެޕްރީލު 2026

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް