Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ވަނަ އަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާ އެކަން އީސީ އިން ވަނީ އިއުލާންކޮށްފަ. ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 16 އެޕްރީލު 2026 | ބުރާސްފަތި 15:49
ކުރިން ކުރިއަށް ދިޔަ މަޖިލިސް އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯ އެއް

ކުރިން ކުރިއަށް ދިޔަ މަޖިލިސް އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯ އެއް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ވަނަ އަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާ އެކަން އީސީ އިން ވަނީ އިއުލާންކޮށްފަ އެވެ. 

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކުރުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ.ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު ވާނީ އާއްމުކޮށްފައި ކަމަށެވެ.  މި ރަޖިސްޓްރީ ގެޒެޓާއި އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގައި އާންމުކޮށްފައިވާކަން އެ ކޮމިޝަނުން ފާހަގަކުރެ އެވެ. 

އީސީ އިން ބުނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައި ވަނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭމޯ  އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލެއް ވާ ނަމަ އެކަމަކާއި މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުމާއި،  ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާ ޝަކުވާތައް ހިމެނޭނެ އެވެ. އަދި ހުށަހަޅާ ޝަކުވާގެ ޞައްޙަކަން ސާބިތު ކުރުމަށް ރަސްމީ ލިޔުމެއްގެ ކޮޕީ އެއް ހުށަހަޅަން ޖެހޭނެ ކަމަށް އީސީ އިން ބުނެފައިވެ އެވެ. 

ހިތަދޫ އުތުރުއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސްއައްޑޫސިޓީ ހުޅުދޫ

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

16 އެޕްރީލު 2026
ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
14 އެޕްރީލު 2026

ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟

14 އެޕްރީލު 2026
ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟
14 އެޕްރީލު 2026

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ
14 އެޕްރީލު 2026

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު