Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026 | ހުކުރު 09:17

ފަހުގެ އިންތިޚާބުތަކުގެ ނަތީޖާއާއެކު ސަރުކާރުގެ މަގުބޫލުކަން ކުޑަވެފައިވާކަން ހާމަވެފައިވާތީ، ޕީއެންސީގެ މެންބަރުންގެ މޫނުމަތިން މާޔޫސްކަން ފެންނަމުންދާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި. މީގެ އިތުރުން، އެންޓި-ޑިފެކްޝަން ގާނޫނަށް ބަދަލު އައިސް މެންބަރުންނަށް މިނިވަންކަން ލިބިއްޖެނަމަ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި. މެންބަރު މީކާއީލް އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެރިކަމުގެ ކުރީކޮޅު ބޭއްވި އިންތިޚާބަކުން ސަރުކާރަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރު ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2026 | ހުކުރު 09:17
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުގެ ދެތިން މެންބަރަކު އަޑު ގަދަކޮށްފައި އުޅުއްވި ނަމަވެސް އެބޭފުޅުންގެ މޫނުމަތިން މާޔޫސްކަން ފެންނަ ކަމަށާއި، ނިމެމުންދާ ސަރުކާރެއްގައި ތިބެވޭކަމުގެ އިހުސާސް އެބޭފުޅުންގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. 

Advertisement - newsAdvertisement

މެންބަރު މީކާއީލް ވިދާޅުވީ، ގޮނޑި ގެއްލޭ އިސްލާހު ބާތިލްކޮށް ފުރިހަމަ ގޮތުގައި މިހާރު ވެސް މަޖިލީހުގެ މެންބަރުންނަށް މިނިވަކަން ލިބިއްޖެނަމަ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަސްބުނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ނަތީޖާއާއެކު، ރައްޔިތުންގެ އިހުސާސްތަކާއި، އެ ރައްޔިތުން ތިބި ގޮތް ވަރަށް ރަނގަޅަށް މެންބަރުންނަށް ހާމަވެފައިވާ ކަމަށެވެ. އަދި ޕީއެންސީއަށް ގޮނޑިތައް ލިބުން ބައެއް ދާއިރާތަކުންވެސް ރައީސް މުއިއްޒަށް ނޫނެކޭ ބުނެފައިވާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ. 

މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި އަދި އެހެން އަޑުގަދަކޮށްފައި ދެތިން މެންބަރަކު ހުޅުވިއެއްކަމަކު އިނގޭތޯ. އަޅުގަނޑަށް ހަމަ ބޮޑަށް ސިފަވަނީ މާޔޫސްކަން. އަޅުގަނޑަށް ސިފަވަނީ ނިމެމުންދާ ސަރުކާރެއްގައި ތިބެވޭތީވެ އެ މާޔޫސްކަން. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް ފޯރައިފިކަން އިނގޭތޯ. މިހާރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އެޅިފައިވާ ކަސްތޮޅުން މިނިވަންވެއްޖެ ނަމަ، އެއް ހަފްތާ ތެރޭވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސްގެ ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ އިނގޭތޯ. އެއީ މިހާރު ރައްޔިތުންގެ އިހުސާސްތައް ހުރި މިންވަރު އެއޮތީ އެ މެންބަރުންނަށް ވެސް ހާމަވެފައި އިނގޭތޯ. ޕީއެންސީއަށް ގޮނޑިތައް ލިބުން ބައެއް ދާއިރާތަކުންވެސް ރައީސްގެ މުހިއްޒަށް ޖެހީ ނޫނެކޭ. އާއިލާ ކުއްޖާއަށް ވޯޓު އެޅި ރަށްރަށުގައިވެސް ރައީސްގެ މުއިއްޒަށް ޖެހީ ނޫނެކޭ އިނގޭތޯ. ހަތްދިހަ ޕަސެންޓް. މިއީ ދިވެހިރާއްޖޭގެ އިންކަމްމަންޓް ރައީސަކު ރައީސަކަށް ހުރި މީހަކު ވޯޓަކަށް ގޮސްގެން މިޑްޓާމް އިލެކްޝަނެއްގައި މިހާ ދަށުން ދިޔަ ފުރަތަމަ ފަހަރު އިނގޭތޯ. ކައުންސިލް އިންތިޚާބެއްގައި ސިޓިންގ ޕްރެޒިޑެންޓެއް ބަލިވި ފުރަތަމަ ފަހަރު.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއީލް ވިދާޅުވީ، ރައީސް މުއިއްޒަކީ މީޑްޓާމް އިލެކްޝަނެއްގައި އެންމެ ފުރަތަމަ މިހައި ލަދުވެތި ނަތީޖާއަކުން މަގުބޫލުކަމާއި ތާއީދު ގެއްލުނު ފުރަތަމަ ރައީސް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރަކީ ނިމެމުންދާ ސަރުކާރެއްކަން މިހާރު ޕީއެންސީގެ މެޖޯރިޓީންވެސް ގަބޫލުކުރާ ކަމަށެވެ.

ޕީއެންސީރައްޔިތުންގެ މަޖިލިސްގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
16 އެޕްރީލު 2026

ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

16 އެޕްރީލު 2026
ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް
16 އެޕްރީލު 2026

ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު

16 އެޕްރީލު 2026
ކެބިނެޓް ބަދަލުކުރީ ރަށްރަށުގައި ބިންގާ އެޅި ގޮތަށް، ބަދަލުކޮށްލީ ބޭރު ފޮތިގަނޑު އެކަނި: ޒިޔާދު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
14 އެޕްރީލު 2026

ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟

14 އެޕްރީލު 2026
ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟
14 އެޕްރީލު 2026

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ
14 އެޕްރީލު 2026

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"
13 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި
13 އެޕްރީލު 2026

ކެލާ ދާއިރާގެ އ.ތ.މ. ކޮމިޓީގެ ރައީސް ކަން: މަހުދިއްޔާ ހުންނެވީ އެމްޑީޕީގެ ގަދަ ރޫހުގައި ކާމިޔާބު ހޯދަން ތައްޔާރަށް.

13 އެޕްރީލު 2026
ކެލާ ދާއިރާގެ އ.ތ.މ. ކޮމިޓީގެ ރައީސް ކަން: މަހުދިއްޔާ ހުންނެވީ އެމްޑީޕީގެ ގަދަ ރޫހުގައި ކާމިޔާބު ހޯދަން ތައްޔާރަށް.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް