Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ނިންމުމަކީ އެއްވެސް ޕްލޭނެއް ނެތި، ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކުރަން އުޅޭ ކަމެއް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފަ. މި މައްސަލައިގައި ބުނެފައި ވަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، ދައުލަތުގެ ފައިސާ އިސްރާފުވާ ގޮތަށް ހިންގާ އެހެން ކަންކަން ހުއްޓާލަން ޖެހޭ ކަމަށް. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ މި ކުއްލި މައްސަލަ ބަލައިނުގަތުމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 07:23
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | މަޖިލިސް

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ.  އަދި ގާނޫނުގެ ރައްކާތެރިކަމާ ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް  ބަޔާން ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށް އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާ އެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަން ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައި ވެ އެވެ.

އޭގެ އިތުރުން ވާޒީފާ އާ ބެހޭ ގާނޫނު ގެ 21 ވަނަ މާއްދާގައި މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު ފިޔަވަޅު އެޅުމަށްފަހު ވެސް އޭނާ ގެ މަސައްކަތުގެ އަޚުލާގާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާއި ގުޅިފައިވާ އޭނާ ގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާ ގެ ވަޒީފާ އިން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަން ވެސް މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ މައްސަލައިގައި ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވުމުން މިއީ ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމި ނިންމުމެއް ކަމަށް ފާހަގަ ވާ ކަމަށެވެ. 

އޭގެ އިތުރުން ކޮންމެހެން ބޭނުން ނުޖެހޭ މިންވަރަށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި، ސަރުކާރުން ދޭ މުސާރައާއި އިނާޔަތްތަކަށް އާބާދީގެ ބޮޑު ބައެއް ބަރޯސާވާން ޖެއްސުމަކީ ބަދަލުކުރަން ޖެހިފައިވާ ސިޔާސަތެއްކަން ގަބޫލު ކުރާ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވި އެވެ. 

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ބޭރު ކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. 

ކުއްލި މައްސަލައިގައި ވަނީ ސަރުކާރުން މި ކަން ކުރަން އުޅޭ ގޮތުން މި ކަމުގައި ކަންބޮޑުވާ ސަބަބުތައް ވެސް ފާހަގަ ކޮށްފަ އެވެ.  އެގޮތުން މިއީ އެއްވެސް ޕްލޭނެއް އަދި ހަރުދަނާ ސިޔާސަތެއް ނެތި ކުއްލިއަކަށް ކުރަން އުޅޭ ކަމެއް ކަން ފާހަގަ ކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާލައިގެން ނޫންކަމަށް ވެސް ބުނެފައިވެ އެވެ. 

ކުއްލި މައްސަލައިގައި ބުނީ ޚަރަދުތައް ކުޑަކުރުމަށްޓަކައި ކުރާ ކަމެއް ނަމަ އެންމެ ފުރަތަމަ ފަށަން ވާނީ އާދައިގެ މުވައްޒަފުންނާ ހިސާބުން ނޫންކަމާ ދައުލަތުގެ ފައިސާ އެއްވެސް ހައްދެއް ނެތި އިސްރާފުކުރުމަށް ހިންގާ ކަންކަން ހުއްޓައިލުމުން ޚަރަދު ކުޑަވާނެ ކަން އެނގޭއިރު ވެސް އެ ފަދަ ކަންކަން ހުއްޓައިލުމެއްނެތި ރައްޔިތުންނަށް ބުރައަކަށް ވާގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ރާވާފައިވާކަން ހާމަވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސްއަހްމަދު ޝަމްހީދުހުޅުމާލޭ ދެކުނު ދާއިރާޤާނޫނުއަސާސީވަޒީފާއާއި ބެހޭ ގާނޫނުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

20 އެޕްރީލު 2026
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ސޯބެ

19 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު