Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ޑިވެލޮޕްމަންޓް ބޭންކްގެ ދޮރު އެންމެ ފަހުން ހުޅުވުނު ދުވަސް މިނިސްޓަރު ސައީދަކަށް ވިދާޅެއް ނުވެވުނު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ދޮރު އެންމެ ފަހުން ހުޅުވި ދުވަހާ ގުޅޭގޮތުން މެންބަރު ނާޒިލް ކުރެއްވި ސުވާލަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވޭ. އޮޑިޓް ރިޕޯޓުން ހާމަވާގޮތުގައި، އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގި ނަމަވެސް، އޮފީސް ކުއްޔާއި މުސާރަ ފަދަ އިދާރީ ހިންގުމުގެ ޚަރަދުތަކުގެ ސަބަބުން މިދިޔަ އަހަރުގެ ފަހު ހަ މަސްދުވަހު އެ ބޭންކަށް 2.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވޭ. މިނިސްޓަރު ވިދާޅުވީ ބޭންކު އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 06:08
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައްޔިތުންގެ މަޖިލިސް

ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 2.2 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު، ދިވެހި ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ދޮރު އެންމެ ފަހުން ހުޅުވާ މަސައްކަތް ކުރެވުނު ދުވަސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވިދާޅުވެނުދެއްވުނެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު ސައީދު ހާޒިރުވެވަޑައިގެންފައިވާ އިރު ސުވާލު ކުރެއްވުމުގެ ވަގުތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ޑިވެލޮޕްމަންޓް ބޭންކް ގެ ދޮރު އެންމެ ފަހުން ހުޅުވީ ކޮން އިރަކުތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ނުދެއްވާ މިނިސްޓަރު ވަނީ އެއީ މުހިއްމު ބޭންކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭންކުގެ އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ޑިވެލޮޕްމަންޓް ބޭންކަކީ މުހިއްމު ބޭންކެއް. އެ ބޭންކު އޮޕަރޭޝަނަލައިޒް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އަޅުގަނޑު ހަމަ އިއްޒަތްތެރި މެންބަރު މި ސުވާލު ކުރެއްވީމަ ހަމަ ހިތަށް އަރާ މިއީ ހަމަ މުޅިން އައު ކަންތަކުގެ ވާހަކަ މި ދައްކަނީ
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އެއަށްފަހު މިނިސްޓަރު ވަނީ ނިމުނު އެމްޑީޕީ ސަރުކާރުގެ ވާހަކަ ދައްކަވައި، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް މިނިސްޓަރު ގެ ވާހަކައިގައި މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވާފައެއް ނުވެ އެވެ. 

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ފުރަތަމަ މާލީ ބަޔާންތަކުން ދައްކާގޮތުގައި، އެ ބޭންކަށް ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 2.2 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 21 ޖުލައި 2024 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އެ ބޭންކަށް ޖުމްލަ 2،263،804 ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ބޭންކުގެ އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވާއިރު، އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ.

ބޭންކަށް ލިބުނު މި ބޮޑު ގެއްލުމުގެ މައިގަނޑު ސަބަބަކީ ބޭންކުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވުމެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 3،018،405 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިދާރީ އެކި ޚަރަދުތަކަށެވެ. އެގޮތުން އޮފީސް ކުއްޔަށް 1،130،597 ރުފިޔާ ހޭދަކޮށްފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 843،336 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ބޭންކުގެ ޑިރެކްޓަރުންގެ ފީގެ ގޮތުގައި 311،300 ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓުން ހާމަވެ އެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދުއިބްރާހިމް ނާޒިލްއޮޑިޓަރ ޖެނެރަލްގެ ރިޕޯޓުޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 އެޕްރީލު 2026
މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

19 އެޕްރީލު 2026
ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

18 އެޕްރީލު 2026
ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު