Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026 | އަންގާރަ 05:15

2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ދެއްވި ޖަވާބުގައި، އެ ބަޔާނަކީ ގާނޫނުއަސާސީން ލާޒިމުކުރާ މިންވަރަށް ގައުމުގެ ހާލަތު ބަޔާންކޮށްދީފައި ނުވާ ބަޔާނެއް ކަމަށް މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ. ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން ގައުމު ފެއިލްވެފައިވާ ކަމަށާއި، ރިޔާސީ ބަޔާނުގައި ހުރީ ކުރިން ވެސް ދެއްކެވި ހުވަފެނީ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާގެ މައްސަލަތަކަށް ހައްލެއް ނުލިބި، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ހީނަރުވެފައިވާ ކަމަށް ވެސް އެމްޑީޕީގެ ޖަވާބުގައި ބުނެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އެޕްރީލު 2026 | އަންގާރަ 05:15
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ

މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ | ރައްޔިތުންގެ މަޖިލިސް

2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ، 2024 ވަނަ އަހަރާއި 2025 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން ދޭ ޖަވާބު އިއްވާފަ އެވެ. 

Advertisement - newsAdvertisement

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ދޭން އެންމެ އެކަށޭނަ، އެންމެ ސާދަ ރައްދަކީ ގާނޫނު އަސާސީގައި އެކަށައަޅައި ލާޒިމުކޮށްފައިވާ މިންވަރު އެ ބަޔާނުގައި ފުރިހަމަނުވާ ކަން ކަމަށެވެ. 

ނާޒިލް ވިދާޅުވީ އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ބުނެފައި ނުވާ ކަމަށެވެ. 

މިހެންކަމުން، އަޅުގަނޑު ދަންނަވަން ޖެހެނީ، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ، 2024 ވަނަ އަހަރާއި 2025 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް. ކުލަ ނެތް ކޮޕީއެއްކަމަށް މި ދަންނަވަނީ، ފާއިތުވި 2 އަހަރު މި މަޖިލީހުގައި، ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި، ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މި އޮތީ މި މަޖިލީހަށް އިއްވާފައި.
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވީ ރައީސް ކުރައްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ކުރައްވާފައި ނުވާއިރު އައު ތާރީޚުތަކެއް ދެއްވައި، އައު ހުވަފެންތަކެއް ދެއްކެވި ކަމަށެވެ. ނަމަވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކައާއި އެކަންކަން ރަނގަޅުކުރަން ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ބުނެދެވިފައި ނުވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

މިހާރު މިއޮތް ޕީއެންސީގެ ސަރުކާރަކީ ރާއްޖޭގެ ތާރިހުގައި ނުފެންނަވަރުގެ ނާގާބިލު ސަރުކާރެއް ކަމަށް ވިދާޅުވެ ނާޒިލް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށެވެ. މިކަންކަން ފޮރުވުމަށް ކުރިއަށް ނެރެނީ ރައްޔިތުންނަށް ދޮގު ހެދުމާއި އޮޅުވާލުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ނާޒިލް ވިދާޅުވީ ދެ ގަޑިއިރުގެ ދިގު ތަގުރީރުގައި ކިތަންމެ ދިވެހި ބަތޮލުންގެ ނަން ގެންނެވިޔަސް، ސަރުކާރުގެ ނާގާބިލުކަން ނުފޮރުވޭނެ ކަމަށެވެ. ރާއްޖޭގެ ހާލަތު މިއަދު ރައްޔިތުންނަށް ފެންނަ ކަމަށާ ރައްޔިތުން ތަހައްމަލު ކުރަމުންގެންދާ ދެރަ ހާލަތު އެ ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށެވެ. 

ރިޔާސީ ބަޔާނަށް ދިން ޖަވާބުގައި އެމްޑީޕީ އިން ވަނީ ރާއްޖޭގެ ސިއްހީ ހާލަތު މިއަދު ދަށަށް ގޮސްފައިވާ މިންވަރު ރައްޔިތުންގެ ފަރާތުން އިވެމުންދާ ކަން ފާހަގަ ކޮށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާތަނަށް ވެސް މި ސަރުކާރުން މަސައްކަތެއް ކޮށްފައި ނުވާއިރު ގައުމުގެ މާލީ ހާލަތާ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަން ވެސް ފާހަގަ ކޮށްފަ އެވެ. 

އޭގެ އިތުރުން މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގައުމުގެ ނަން ހަޑިވެ، ގުޅުންތައް ހީނަރުވެފައިވާ ކަން ވެސް އެ ޖަވާބުގައި ފާހަގަ ކޮށްފައިވެ އެވެ.

ނާޒިލް ވިދާޅުވީ ގައުމުގެ ހާލަތު ބަޔާންކޮށްދީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސް އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވުމަށް ލާޒިމުކޮށްފައި ވީނަމަވެސް އެކަން އެ ގޮތަށް ނުކުރައްވާ ކުލަނެތް ހުވަފެންތަކެއް މަޖިލީހަށް ހުށަހެޅުއްވީތީ ހިތާމަކުރައްވާ ކަމަށެވެ. 

 

އިބްރާހީމް ނާޒިލްއެމްޑީޕީޕީއެންސީޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން 2026

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
22 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!

22 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި: އޭނާ ބުނަނީ ސަރުކާރުން ހުރަސް އެޅިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެކަމަށް!
22 ސެޕްޓެމްބަރު 2026

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

22 ސެޕްޓެމްބަރު 2026
ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް

21 ސެޕްޓެމްބަރު 2026
ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް