Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން ދެއްވި ޖަވާބުގައި، މި ސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ލޯނުތައް ނަގަމުންދާ ކަމަށާއި ދައުލަތުގެ އިސްރާފު ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ހާލަތު ގޯސްވަމުންދާކަމަށް މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ. ޚަރަދު ކުޑަކުރުމުގެ އިހުލާސްތެރިކަމެއް ނެތްކަން ފާހަގަކުރައްވައި، ޑޮލަރުގެ އަގު ކޮންޓްރޯލް ނުވުމާއި ރިޒާވްގެ ހަގީގީ މައުލޫމާތު ހާމަނުކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އެހެންކަމުން، ދައުލަތުގެ މާލީ ހިސާބުތަކާއި ރިޒާވްގައި ހުރި ފައިސާގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 06:38
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ

މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ | ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ދަނީ ދަރަނި ދައްކަންވެސް ދަރަނި ނަގަމުން ކަމަށް  އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން ދޭ ޖަވާބު އިއްވާފަ އެވެ. 

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރަކީ ކުރީގެ ސަރުކާރުން ލޯނުތައް ނެގިކަމަށް ބުނެ އެކަމަށް ފާޑު ކިޔަމުން ވެރިކަމާ ހަވާލުވި ސަރުކާރެއް ކަމަށެވެ. 

އެގޮތުން ދަރަނި ނުނަގާ ގައުމު ހިންގަން އެނގިވަޑައިގަންނަވާ ކަމަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާ އެހެން ނަމަވެސް، އެހެން އެއްވެސް ސަރުކާރަކުން މިހައި ކުރު މުއްދަތެއްގެ ތެރޭގައި ނުނަގާ ވަރަށް މި ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ދަރަނި ދައްކަންވެސް ދަރަނި ނަގަމުން އެބަދޭ. ދަރަނި ނަގައިގެން ކުރާ ކަމެއް ފެންނާކަށް ނެތް. ދައުލަތައް ލިބޭ އާއްމުދަނީން ދެކޮޅު ނުޖެހި، އިތުރަށް ދަރަނި ނަގަންޖެހިގެން އުޅޭނީ ސަރުކާރުގެ އިސްރާފު ބޮޑުކަމުން. މިސާލަކަށް ދަންނަވާނަމަ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ފައިދާވާ އެންމެ ބޮޑު ވިޔަފާރި ހަރަކާތް. އެތައް މިލިއަން މިލިއަން ޑޮލަރެއް އެތަނަށް ލިބޭ. އެހެން ނަމަވެސް، ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޑިއުޓީ ފްރީ ހަދަން ނެގި ލޯނު އަނބުރާ ދެއްކުމަށް 40 މިލިއަން ޑޮލަރުގެ އެހެން ލޯނެއް ނެގިތަން.
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް  

މެންބަރު ވިދާޅުވީ ވީއައިއޭ އަކީ ރާއްޖޭގައި އެންމެ ފައިދާވާ، އެންމެ ބޮޑު ވިޔަފާރި ހަރަކާތް ކަމަށާއި، އެއީ އެތައް މިލިއަން ޑޮލަރެއް ލިބޭ ތަނަކަށް ވާއިރު ލޯނު ދެއްކުމަށް އެހެން ލޯނެއް ނަގާފައިވާއިރު އެ ކުންފުންޏަށް ލިބޭހާ ފައިސާ އަށް ކުރަނީ ކީއްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މިކަންކަމުގައި މި ސަރުކާރުން މި ދައުލަތުގެ ހަގީގީ ވެރިން ކަމުގައިވާ ރައްޔިތުންނަށް ފުރިހަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްޑީޕީ އިން ރިޔާސީ ބަޔާނަށް ދިން ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާގެ ފީ އަދިވެސް ނަގަމުން ދާކަމަށެވެ. މި ސަރުކާރަކީ އެކަމާ ދެކޮޅު ހަދާ މަލާމާތްކުރި ބޭފުޅުންގެ ސަރުކާރެއް ކަމަށާ ކޮތަޅުން ފީ ނަގަންފެށި ސަރުކާރު މިހާރު ނެތް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. 

މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަށް ކަން ފާހަގަ ކުރައްވާ ނާޒިލް ވިދާޅުވީ ސަރުކާރަށް 2 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ކޮތަޅުން ނަގަން ފެށި ފީ ކަނޑާލަން ނޫޅޭ ކަމަށެވެ. 

ނާޒިލް ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކާއި ބަންކަރިންގެ ހިނދުމަތުން ލިބޭނެކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރާއި، ހުޅުލެއާއި ހުޅުމާލެ އާއި ފުލްމޫން ރިސޯޓާއެކު މޮނޮރެއިލްއަކުން ގުޅާލައިގެން ފުނަދޫގައި ހަދާ ފައިނެންޝަލް ސެންޓަރާއި، މާލެއާއި ރަސްމާލެ ގުޅާލާ އަންޑަވޯޓަރ ޓަނަލުން ދަތުރުކުރާއިރު ފެންނަ ހިތްގައި މަންޒަރުތަކާއި، އިގްތިސާދީ އެކި ކުލަކުލައިގެ ސިގްނަލްތަކުގެ ތަފްސީލު މި ފަހަރުގެ ރިޔާސީ ބަޔާނުގައި ނެތް ކަމަށާ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. 

އެ ކަންކަމުގެ އެންމެ ފަހުގެ ތަފްސީލު މަޖިލީހަށާއި ރައްޔިތުންނަށް ދިނުމަކީ ސަރުކާރަށް ލާޒިމުކަމެއް ކަމަށް ވެސް ރިޔާސީ ބަޔާނުގެ ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑޮލަރުގެ އަގު ދެން މައްޗަށް ނާރަނެކަމަށް ވިދާޅުވިފަހުން ޑޮލަރުގެ އަގު މަތިވަމުންދާ ކަމަށާ އެންމެ ލާރިއެއްވެސް ދަށް ނުވާ އިރު، މި ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރު ކޮށްފައިވާއިރު އެކަން ކޮށްގެން ވެސް މައްސަލަ ހައްލުނުވެ، ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީ އިން ބުނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން 2024 ޖޫން 27 ގައި ރައީސް އިއުލާނު ކޮށްފައިވާއިރު ބޮޑު ޚަރަދުކޮށްގެން މިހައި ގިނަ ރަސްމިއްޔާތާއި ހަފްލާ ބޭއްވި ސަރުކާރެއް އަދި ނާންނަ ކަމަށެވެ. 

ބޭކާރު އެތައް ހަރަދެއް ކޮށް، ރައްޔިތުންގެ ފައިސާ އިސްރާފުކޮށްލުމަށްފަހު، އަދި ފަހަށް ރައްކާކޮށްފައި ހުންނަ ރިޒާވް ފައިސާ ނަގައި ހުސްކުރުމަށްފަހު، ކޮންކޮންމެ އަހަރަކު މަސައްކަތްކުރަނީ ރިޒާވް އިތުރުވެފައިވާކަމަށް ދެއްކުމަށް. ސޮވްރިން ޑިވެލޮޕް ފަންޑާއި، އެމްއެމްއޭ އިން ބޭންކްތަކުގައި ބަހައްޓައިފައި ހުންނަ ޑިޕޮސިޓާއި މި ފަދަ އެތައް އަދަދެއް އެއްކޮށްގެން ރިޕޯޓެއް ހަދައިގެން ނެރެނީ، ޔޫސަބަލް ރިޒާވް މަތިކަމަށް ދެއްކުމަށް.
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް  

ނާޒިލް ވިދާޅުވީ މިހުރިހާ ކަމަކުން ހާމަވަނީ ހަރަދު ކުޑަކުރާނެ ކަމަށް ބުނާ ބަހުގެ އިހުލާސްތެރިކަމެއް ނެތްކަން ކަމަށެވެ.

އާމްދަނީ އާއި ހަރަދު ތަކުގެ ތަފްސީލު ބަރާބަރަށް ހާމަކުރަމުން އައި ސަގާފަތް މި ސަރުކާރުން ހުއްޓާލާފައިވާއިރު، ސޮވްރިން ޑިވެލޮޕް ފަންޑްގެ މިހާރުގެ ބެލެންސް، ޔޫސަބަލް ރިޒާވް، ގްރޮސް ރިޒާވް، އަދި ފޮރިން އެކްސްޗޭންޗް ރިޒާވްގައި ހުރި ފައިސާގެ ތަފްސީލު ވަކިވަކިން ރައްޔިތުންނަށް އެއްފަހަރާ ހާމަކޮށްދިނުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ. 

އެމްޑީޕީއިބްރާހިމް ނާޒިލްޑރ. މުޙައްމަދު މުޢިއްޒުއިގްތިސާދީ އިސްލާހުރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން 2026

ކޮމެންޓް

އިތުރަށް ކިޔާލަން

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
ކެލާ ދާއިރާގެ އ.ތ.މ. ކޮމިޓީގެ ރައީސް ކަން: މަހުދިއްޔާ ހުންނެވީ އެމްޑީޕީގެ ގަދަ ރޫހުގައި ކާމިޔާބު ހޯދަން ތައްޔާރަށް.

ކެލާ ދާއިރާގެ އ.ތ.މ. ކޮމިޓީގެ ރައީސް ކަން: މަހުދިއްޔާ ހުންނެވީ އެމްޑީޕީގެ ގަދަ ރޫހުގައި ކާމިޔާބު ހޯދަން ތައްޔާރަށް.

13 އެޕްރީލު 2026
މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު