Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ވާހަކައަށް ހުރަސްއެޅުއްވި ބޮޗޭ އަށް މީކާއިލްގެ ރައްދެއް: ރައްޔިތުން ދަނީ މެންބަރާ ދިމާލަށް ހިނިފުޅުވަޑުވަމުން، ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރެވުނުތޯ؟

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން، ރައްޔިތުންގެ ފުރާނައާ ގުޅުންހުރި މުހިންމު ބިލުތަކަށް ސަރުކާރު ހިންގާ ޕާޓީން އިސްކަންނުދޭ ކަމަށް ވިދާޅުވެ މެންބަރު މީކާއިލް ނަސީމް ފާޑުވިދާޅުވެއްޖެ. މި ބަހުސްގެ ތެރެއިން މެންބަރު ރިފާއު ހުރަސްއަޅުއްވައި ހިނިފުޅުވެޑުވުމުން، މީކާއިލް ވަނީ ދާދިފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި ރައްޔިތުންގެ އަޑުއެހުމަށް ގޮވާލައްވައި ވަރުގަދަ ރައްދެއް ދެއްވާފަ. މަޖިލީހުގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރެއްވުމުން ރިޔާސަތުން ވަނީ ރިފާއުއަށް ނަސޭހަތްތެރިވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 07:52
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު | ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލަކަށް ބަހުސް ކުރައްވަމުން ދަނިކޮށް، މެންބަރުގެ ވާހަކައަށް ހުރަސް އަޅުއްވައި ހިނިފުޅުވެޑުވުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް މީކާއިލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް މެންބަރު މީކާއިލް ބަހުސް ކުރައްވަމުން ދަނިކޮށް މެންބަރު ރިފާއު ވަނީ މީކާއިލް ގެ ވާހަކައަށް ހުރަސްއަޅުއްވައި ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ. އެކަމަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ އޭނާ ދައްކަވާނެ ވާހަކަ އެނގިވަޑައިގަންނަވާނީ އޭނާ އަށް ކަމަށެވެ. އެމްޑީޕީ ގެ މެންބަރުން ދައްކަވާ ވާހަކަ ރައްޔިތުން އަޑުއަހާފައިވާ ކަމަށާއި އެކަން ދާދި ފަހުން ބޭއްވި އިންތިޚާބުން ވެސް ހާމަވެފައިވާ ކަމަށެވެ.

ޚާއްސަކޮށް މެންބަރު ރިފާއުގެ ދާއިރާ އިން ވެސް އެކަން ހާމަވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެން ކަމުން ރިފާއު އަށް މީކާއިލް ވިދާޅުވީ އެހެން މެންބަރުން ދައްކަވާ ވާހަކަ އާއި، ރައްޔިތުންގެ ވާހަކަ ވެސް އަޑުއެއްސެވުމަށެވެ.  

ރައްޔިތުންގެ ފުރާނައާ ގުޅުން ހުރި، ރޯޑް ސޭފްޓީއާ ގުޅުންހުރި އެފަދަ ބިލުތަކަށް މެންބަރުން ބަހުސް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރިފާއު ވެސް މަސައްކަތް ކުރައްވަނީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހަށް ގެންނެވުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.  

އެއާއެކު މެންބަރު މީކާއިލް ގެ ވާހަކައަށް ރިފާއު ވަނީ ހިނިފުޅުވަޑުވާފަ އެވެ. އެކަމަށް ވެސް ވަރުގަދަ ރައްދެއް ދެއްވާ މީކާއިލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު ރައްޔިތުން ދަނީ މެންބަރަށް އަމާޒުކޮށް ހެމުން ކަމަށް މީކާއިލް ވިދާޅުވި އެވެ. 

ނަތީޖާއިން ރައްޔިތުން ދަނީ ހިނިފުޅުވަޑުވަމުން. މާފަންނު ދެކުނު ދާއިރާގެ ރައްޔިތުން އެ ނަތީޖާ އިން ދަނީ  ހިނިފުޅުވަޑުވަމުން މެންބަރާ ދިމާއަށް. ވަޒީފާ ބަހައިގެން މިފަހަރު އިންތިޚާބު ކާމިޔާބު ކުރެވުނު ތޯ؟ ސަރުކާރުގެ އާރާ ބާރާ ނުފޫޒުން މި އިންތިޚާބު ކާމިޔާބު ކުރެވުނު ތޯ؟ 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ދެންވެސް މެންބަރު ރިފާއު ވަނީ މެންބަރު މީކާއިލްގެ ވާހައަކަށް ހުރަސްއަޅުއްވާފަ އެވެ. އެއާއެކު ރިޔާސަތުން ވަނީ ރިފާއު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތުމަށް ނަސޭހަތްތެރިވެފަ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އާންމު ރައްޔިތު މީހާގެ ފުރާނަ ރައްކާތެރި ކުރަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެއްގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީގައި ކުރިއަށް ދާތާ 9 މަސް ދުވަސް ވެފައިވާއިރު ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މި މަޖިލީހަށް މިފަދަ އަސާސީ އެއްވެސް ބިލެއް މުހިއްމު ނުވާ ކަމަށެވެ. 

މީކާއިލް އަހުމަދު ނަސީމްޢަބްދުﷲ ރިފާޢުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

13 އެޕްރީލު 2026
މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

13 އެޕްރީލު 2026
މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑިގެއްލޭ މައްސަލައިގެ އަޑުއެހުން މާދަމާ

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު