Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ އިތުބާރު ގެއްލުން

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާއި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލިފައިވާ ކަމަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ. އެންމެ ފަހުން ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސަރުކާރަށް އޮތް ތާއީދު ކުޑަކަން ހާމަވެފައިވާތީ، ރައީސް މުއިއްޒު މަގާމުން އެއްފަރާތްވުމަށް އޭނާ ވަނީ ގޮވާލައްވާފަ. ސަރުކާރުން ދޮގު ހަދަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުން މިހާރު ތިބީ ވޯޓުން ސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 17 އެޕްރީލު 2026 | ހުކުރު 02:03
އެމްޓީޑީސީ ގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޓީޑީސީ ގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް މުއިއްޒުގެ ސަރުކާރާ ދޭތެރޭގައި ރައްޔިތުން މާޔޫސްވެފައިވާ މާޔޫސްކަމަކީ ބަދަލުވާނެ ކަމެއް ނޫންކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅެން މަސައްކަތް ކުރިކަމުގައި ވީނަމަވެސް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަކީ ހިސާބުކިތާބުން ބަލާއިރު ފެންނަން ނެތް ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ހިކުމަތްތެރި ވަޒީރުން މިއަދު އަމިއްލައަށް މަގާމުން ވަކިވުމަށް މަޖުބޫރުކުރައްވައި، ބައެއް ބޭފުޅުން އިސްތިއުފާދެއްވައި، އިސްތިއުފާ ނުދެއްވި ބޭފުޅުން މަގާމުން ވަކިކުރައްވަމުން ދާކަމަށެވެ.  މިއަދު އެކުޅުއްވި ޑްރާމާގެ ނަތީޖާ އަކީ ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް އިތުރަށް ގެއްލުންކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ކެބިނެޓުގެ އެންމެ މުހިންމު ވަޒީރުން އެއް ފަހަރާ އިސްތިޢުފާދެއްވައި، ވުޒާރާތަކުގެ ނަންތައް ބަދަލުކުރައްވައި، އަދި ސަރުކާރުގެ އޮނިގަނޑަށް ތިމަންމަނިކުފާނު އިޞްލާޙީ ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެ އިޢުލާންކުރައްވައި، ރައްޔިތުންނަށް އެ އުއްމީދު ދެއްވައި، މި ކުރެއްވި ކަންތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާ އިރު، މި ސަރުކާރު ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅެން މަސައްކަތްކުރިކަމުގައި ވީނަމަވެސް، ރައްޔިތުން މިއަދު މި ސަރުކާރާ ދޭތެރޭގައި މާޔޫސްވެފައިވާ މާޔޫސްވުމަކީ، އަލުން އަނބުރާ ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުނުކަމުގައި ވީނަމަވެސް، ދެން އެނބުރި ތެދުވެ ތަފާތުތަކެއް ގެނެވިދާނެކަން އަޅުގަނޑުމެންނަށް އެއްވެސް ހިސާބު ކިތާބަކުން ބަލައިލީމަ ފެންނަން ނެތް ނެއްކަމެއް ކަމުގައި މި އޮތީ ވަރަށް ސާފުކޮށް ފެންނަން.
އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު

ދިވެހިރާއްޖޭގެ ރައްޔިތުން ދައުރުގެ މެދުތެރެއިން ވަރަށް ބޮޑަށް ސަރުކާރާ ދޭތެރޭގައި މާޔޫސް ވެފައިވާ މަންޒަރު ފެނުނީ މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުން ކަމަށް ތަޒްމީލް ވިދާޅުވި އެވެ. ދިވެހި ރައްޔިތުން ދެ އަހަރާއި ބައިވަންދެން ކެތް ކުރި ކަމަށާއި، ރައްޔިތުންނަށް ފެނުނީ ރައީސުލްޖުމްހޫރިއްޔާ ރެޔާ ދުވާލު ދިވެހިރާއްޖޭގެ ނޫސްވެރިން ރައީސް އޮފީހުގައި ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ޖެހިލުމެއް ނެތި ދޮގުހެއްދެވި މަންޒަރުކަމަށް ތަޒްމީލް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ރައީސް މުއިއްޒުގެ ޕާޓީ އަދި ރައީސް މުއިއްޒުގެ ސިޔާސީ ޖާހަތާއި މަންޒަރު ބޮޑުކުރަން ކުރެއްވި މަސައްކަތުގެ ނަތީޖާ އަކީ، ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނުން ކަމަށް ތަޒްމީލް ވިދާޅުވި އެވެ. 

ދިވެހި ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ބައެއްކަމަށާއި ރައްޔިތުންނާ ހިސާބަށް ވޯޓު ކަރުދާސް އަންނަންދެން ރައްޔިތުން ތިބީ މަޑުކޮށްގެންކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާގައި ދިވެހި ރައްޔިތުން ބުނީ ރައީސް މުއިއްޒު ކިޔާ ބޭފުޅަކު ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރުކަމުގެ މަގާމުގައި ހުންނާކަށް ދެން ބޭނުމެއް ނޫންކަމަށް ތަޒްމީލް ވިދާޅުވި އެވެ. އެހެން ކަމުން ދިވެހި ރައްޔިތުންނާއި ޤައުމު ހަވާލުކޮށްލުމަށް ފަހު ރައީސް މަޑުމަޑުން އެއްފަރާތް ވެލުމަށް ތަޒްމީލް ގޮވާލެއްވި އެވެ.

ތަޒްމީލް އަބްދުއްސަމަދުލޯކަލް ކައުންސިލް އިންތިޚާބު 2026ރާއްޖެޓީވީ ފަލަސުރުހީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026
ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު