Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިގާލީ ސަރުކާރު

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

ކެބިނެޓުގެ 10 ވަޒީރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ. އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ އޮނިގަނޑަށް ބޭނުންވާ އިސްލާހުތައް ގެނައުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ. މި ހުށަހެޅުން އައީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 13:59
އޭރުގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ވަޑައިގެން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާއިރު އޭރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މުއިއްޒު އަރިހުގައި -  2023 އޮކްޓޯބަރު 3

އޭރުގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ވަޑައިގެން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާއިރު އޭރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މުއިއްޒު އަރިހުގައި - 2023 އޮކްޓޯބަރު 3 | ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އެހެންކަމުން، މި ދަނޑިވަޅު ގައި ހުރިހާ ޕާޓީ އެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

އެކްސް ގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މި ހާލަތުން އަރައިގަތުމަށްޓަކައި، ބޭނުން ޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓްގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންގެވުމާ އެކު ގިނަ ވަޒީރުންތަކެއް އަންގާރަ ދުވަހު ވަނީ މަގާމު ދޫކޮށްލައްވާފަ އެވެ. ކެބިނެޓްގެ 10 ވަޒީރުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ އެކު، ރައީސް މުޙައްމަދު މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާ އަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރަށްވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ސަރުކާރުގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުތައް އުފެދިފަ އެވެ.

އިންތިގާލީ ސަރުކާރުކެބިނެޓްރައީސް މުހައްމަދު ނަޝީދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

11 އެޕްރީލު 2026
ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު