Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

ރައީސް މުއިއްޒަށް އޮތް ތާއީދު ކުޑަވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު އަޒުލުކޮށް ވެރިކަމުގެ ބާރުތައް ނައިބު ރައީސްއާ ހަވާލުކުރުމަށް ޝިފާޒު ވަނީ ގޮވާލައްވާފައި. ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، އާސަންދަ އާއި އަސާސީ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްނޭޅުމަށް ފުލުހުންނަށް ގޮވާލައި، ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފުމަށް ޝިފާޒު ބާރުއެޅުއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 08:42
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ. | ދެން އެމްވީ

ދިވެހިރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާ ކަމަށާއި، ރައީސް ޑރ.މު ހައްމަދު މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވައި ޝިފާޒު ވިދާޅުވީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު 2026 އެއީ އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ވޯޓެއް ކަމަށެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވީ އެންމެ 29 ޕަސެންޓު ކަމަށާއި، ރައްޔިތުންގެ ތައީދު އެމަނިކުފާނަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތުމުން ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒު ވެރިކަމުން ދުރުކޮށް، ހުރިހާ ބާރެއް ނައިބު ރައީސްއާ ހަވާލު ކުރަން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުން އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިފާޒު ވިދާޅުވީ، އާސަންދަ، އެންސްޕާގެ ޚިދުމަތް ނުލިބި ރައްޔިތުން ބޭސްފަރުވާ އަށް ޖެހިފައިވާ ކަމަށެވެ. އަދި ތެލާއި، ގޭހަށް ޖެހި ކެއްކޭނެ ގޮތެއް ނެތެމުންދާ ކަމަށާއި، ރައްޔިތުން ބިކަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާލަތަށް ގައުމުދާއިރު، ރައީސް މުއިއްޒު ވެރިކަމުގައި ނުބެހެއްޓޭނެ ކަމަށެވެ.

ސާފުކޮށް އެނގެން އޮތް ހަގީގަތަކީ ރާއްޖޭގައި އެބައޮތް ރައްޔިތުންގެ މަޖިލީހެއް. އެމަޖިލީހުގައި އެބަހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސްއެއް. މަޖިލީހުގެ ޖަލްސާއެއް ބާއްވަވައި ވެރިމީހާ އިންޕީޗު ކުރައްވައި ނައިބު ރައީސްއާ ދައުލަތުގެ ބާރުތައް ހަވާލު ކުރައްވައި. ގާނޫނޫގެ ދުސްތޫރުން ތަން ދޭ އުސޫލުން މިކަން ކުރާ ކަމަށްވަނީ ނަމަ ނައިބު ރައީސްއާ ބާރުތައް ހަވާލު ކުރައްވައި އެބޭފުޅާ ދުރަށް ޖެހިވަޑައިގަންނަވާ. މިރާއްޖޭގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި އެތައް ބޭފުޅުންނެއް މިރާއްޖެއާ ދޭތެރޭގައި ބަސް ވިދާޅުވޭ. ތިބޭފުޅުންނަކީ އަޅުގަނޑުމެން، މިތިއްބެވީ ރާއްޖޭގެ ރައްޔިތުން. މި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދޭ ބޭފުޅުން. ތިބޭފުޅުންގެ ޔުނީފޯމް. ތިބޭފުޅުންގެ އާއިލީ ހަރަދު، ބޯހިޔާވަހިކަން ، ތިބޭފުޅުންގެ ބޭސްފަރުވާ، އަދި ކިޔުންބުއިމުގެ ހުރިހާ ހަރަދެއް އަޅުގަނޑުމެން ބަލަހައްޓަނީ. އަޅުގަނޑުމެން ބަލަހައްޓަނީ. އެހެންވީމަ އަޅުގަނޑުމެން ހިންގާ ސިޔާސީ ސުލްހަވެރި ހަރަކާތަކަށް ހުރަސް އެޅުމުގެ އެއްވެސް ޖާގައެއް ތިބޭފުޅުންނަށް ނޯންނާނެ. ވަރަށް ސާފުކޮށް މިދަންނަވަނީ އެ ހައްގެއް ތިބޭފުޅުންނަށް ނޯންނާނެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

މީގެ އިތުރުން ޝިފާޒު ވަނީ ފެހި ގާނޫނު އަސާސީން ރައްޔިތުން ގިނަ ހައްގުތަކެއް ކަަވަރުކޮށްފައިވާކަން ފާހަގަކުރައްވައި، އެ ހައްގުތަކުގެ ބޭނުން ހިފުމަށް ގޮވާލައްވާފަ އެވެ. 

ޝިފާޒު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި، ހިޔާލު ފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށާއި، މި ހަރަކާތްތަކަށް އެއްވެސް ބަޔަކަށް ހުރަސްނޭޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. 

އެމްޑީޕީމުހައްމަދު ޝިފާޒްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

15 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

14 އެޕްރީލު 2026
ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު