Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ޝަކުވާ ބިއުރޯ

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026 | ބުރާސްފަތި 12:59

މި އަހަރުގެ މެދުތެރޭގައި މި ބިއުރޯގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު، 24 ގަޑިއިރުގެ ޚިދުމަތްދޭ ކޯލް ސެންޓަރަކާއި ޑިޖިޓަލް ނިޒާމެއްގެ އެހީގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވާނެ. މިއީ ރައްޔިތުންނާ ސީދާ މުޢާމަލާތު ކޮށް، ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދައިދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 އެޕްރީލު 2026 | ބުރާސްފަތި 12:59
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްރާގެ އޮފީހުގަ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްރާގެ އޮފީހުގަ | ރާއްޖެއެމްވީ

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ބުރާސްފަތި ދުވަހު އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ބިއުރޯ ގާއިމުކުރެއްވުމަކީ ރައްޔިތުންގެ އަޑު ގާތުން އެހުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެ އެވެ. 

Advertisement - newsAdvertisement

މިފަދަ އޮފީހެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. އަދި މިހާރު ކުރިއަށްދަނީ ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ފުރިހަމަކުރުމާއި، އެ ތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ މައިގަނޑު މަސްއޫލިއްޔަތަކީ ތަފާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމެވެ. މީގެ އިތުރުން، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް މިނެއްގައި ޖަވާބުދާރީވުމަކީ ވެސް މި ބިއުރޯގެ މުހިންމު މަސައްކަތެކެވެ.

މި ބިއުރޯގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް މި ބިއުރޯގެ ދަށުން ގާއިމުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ރައްޔިތުންނަށް އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026
ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
15 އެޕްރީލު 2026

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

15 އެޕްރީލު 2026
ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު
15 އެޕްރީލު 2026

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު
14 އެޕްރީލު 2026

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

14 އެޕްރީލު 2026
ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި
14 އެޕްރީލު 2026

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

14 އެޕްރީލު 2026
ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު
14 އެޕްރީލު 2026

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް
14 އެޕްރީލު 2026

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު
13 އެޕްރީލު 2026

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި
11 އެޕްރީލު 2026

ވަޒީރު ތިޔަ ވިދާޅުވަނީ ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށްތޯ؟

11 އެޕްރީލު 2026
ވަޒީރު ތިޔަ ވިދާޅުވަނީ ސިއްހީ ނިޒާމް ބަލިކަށިވީ ސީދާ ރައީސް އޮފީހާއި ގުޅުން ނެތިގެން ކަމަށްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް