Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާރިސާ ކޮމިޓީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026 | ބުރާސްފަތި 17:22

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށް، އެ ކޮމިޓީގެ މުގައްރިރަކަށް މާލީ ވަޒީރު މޫސާ ޒަމީރު ހަމަޖައްސަވައިފި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 އެޕްރީލު 2026 | ބުރާސްފަތި 17:22
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި | ރައީސް އޮފީސް

މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީގެ މެންބަރުންގެ އަދަދު މަދުކުރައްވައި، އެ ކޮމިޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

މި ބަދަލާއެކު ކުރިން ނުވަ ވަޒީރުން ތިއްބެވި މި ކޮމިޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ ފަހަކަށް މަދުކުރައްވާފަ އެވެ.

Advertisement - newsAdvertisement

މި ކޮމިޓީ އެކުލަވައިލުމަށް ބަދަލު ގެނެސްފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކާ ގުޅިގެން 2026 އެޕްރީލް 15 ވީ ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. 

އަލަށް އެކުލަވައިލި މި ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަވާފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު އެވެ. މީގެ އިތުރުން ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ.

މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެވެ.

މި ބަދަލާއެކު، މީގެ ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބައެއް ވަޒީރުން ވަނީ ކޮމިޓީން އުނިކުރައްވާފަ އެވެ.

ކޮމިޓީން އުނިކުރެއްވި ވަޒީރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ހޯމް މިނިސްޓަރު ހިމެނިވަޑައިގަންނަވަ އެވެ.

އީރާން-އިޒްރާއިލް-އެމެރިކާމޫސާ ޒަމީރުމެދު އިރުމަތިރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުވަޒީރުންގެ ހާއްސަ ކޮމިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރާއްޖޭގެ ސަރަހައްދުތަކާބެހޭ މައްސަލަތައް ބެލުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް މުއިއްޒު އުފައްދަވައިފި
16 އެޕްރީލު 2026

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި

16 އެޕްރީލު 2026
ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް މުއިއްޒު އުފައްދަވައިފި
16 އެޕްރީލު 2026

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026
ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު
15 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު

15 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
15 އެޕްރީލު 2026

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

15 އެޕްރީލު 2026
ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު
15 އެޕްރީލު 2026

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު
14 އެޕްރީލު 2026

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

14 އެޕްރީލު 2026
ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި
14 އެޕްރީލު 2026

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

14 އެޕްރީލު 2026
ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު
13 އެޕްރީލު 2026

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި
12 އެޕްރީލު 2026

ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

12 އެޕްރީލު 2026
ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް