Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026 | ބުރާސްފަތި 05:27

ފަލާހު ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންގެ ގާބިލުކަން ނެތުމުގެ ސަބަބުން ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް. ދައުލަތުގެ ފައިސާ އިސްރާފުކޮށް، ސިޔާސީ މަންފާއަށް އިސްކަންދޭ މި ސަރުކާރުގެ ސަބަބުން ގައުމަށް ލިބެނީ ގެއްލުން ކަމަށާއި، ކަންކަން އިސްލާހު ނުކުރެވޭނަމަ ރައީސް އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މިނިސްޓްރީތަކަށް ގެންނަ ބަދަލުތަކަކީ ރޭވުންތެރިކަމެއް ނެތި ކުރާ ކަންކަން ކަމަށް ވިދާޅުވެ ފަލާހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2026 | ބުރާސްފަތި 05:27
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކޮށްދެއްވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގެންނެވުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ފަލާހު ވަނީ ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ރަނގަޅު ނަތީޖާއެއް ނުނެރެވުނުކަން ފާހަގަކުރައްވައި ފާޑު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ އިތުރުން މިސަރުކާރުގެ ވަޒީރުންގެ ވެސް ގާބިލްކަން ނެތް ކަމަށެވެ. 

Advertisement - newsAdvertisement

ފަލާހު ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަށް ކަންކަން ކުރެވޭ ގާބިލް ބޭފުޅުން ނެތުމުން ވާ ހުރިހާ ކަމެއް މި ގައުމުގައި ވަމުންދާ ކަމަށާއި، އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ރައްޔިތުންނަށް މިއަދު ޖެހިފައިވާ ހުރިހާ އުދަނގުލަކީ ވެސް އުރައްޕެއް ނެތް ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ކުރަން ފެށުމުން ޖެހިފައިވާ އުދަނގޫތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންނަށް ރައީސް މުއިއްޒު ހެވާ ލާބަޔަށް އެދޭ ކަމަށް ވާނަމަ އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. 

މިސަރުކާރު އޮތުމުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުލިބޭނެކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި ވަޒީފާ ދިނުމާއި މުސާރަ ދިނުމާއި މިކަންކަން ކޮށްގެން ސަރުކާރުގެ ޕާޓީ، ޕީއެންސީގެ މެންބަރޝިޕް ބޮޑު ކުރެވިދާނެ ކަމަށާއި، ޕާޓީއަށް ދައުލަތުން ލިބޭ ރުފިޔާ ގިނަ ކުރި ނަމަވެސް ތަރައްގީގެ މަޝްރޫއެއް ނުވަތަ ރައްޔިތުންނަށް މަންފާވާ ކަމެއް ނުހިނގާނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ބުނީ މިހެން ހަދާށޭ އެހެން ހަދާށޭ. އެވާހަކަ ދައްކާނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުން ބުނީ މުއިއްޒު ފައިބާ ވަޑައިގަންނަވާށޭ. ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ މިއަދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން އިނގޭތޯ. އެބޭފުޅުން އެ އުޅުއްވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަންކަން ކޮށްދޭ ވިސްނުމެއްގައި ނޫން. ކަންކަން ކޮށްދޭ ހިޔާލެއްގައި ނޫން. އަޅުގަނޑަށް ހިޔެއް ނުވޭ މިބޭފުޅާ ރާއްޖޭގައި ހުންނާނެހެން ވެސް. މިހުރިހާ ކަމެއް ކޮށްފައި އަޅުގަނޑަށް ހީވަނީ ވެރިކަން ނިމުމުގެ ކުރިން މިބޭފުޅާ މިތަނުން ދާނެހެން އަޅުގަނޑުމެން ރައްޔިތުން ދޫކޮށްލާފައި އިނގޭތޯ. އެ ވިސްނުމުގައި މަސައްކަތް ކުރާ ބޭފުޅެއް ވީމަ. ފުރަތަމަ ވަޑައިގެން ކިޔުއްވީ ދެ ދައުރޭ. ދެ ވަނަ ދައުރޭ. އެކަމަކު މިހާރު އެބައިވެސް ހުއްޓި ފިލާ ކަހަލަ ގޮތަކަށް އުޅޭހެން އަޅުގަނޑަށް ހީވަނީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

މީގެ އިތުރުން ފަލާހު ވިދާޅުވީ މިސަރުކާރުގެ ބޭފުޅުންނަށް ކަންކަން ކުރަން އެނގިވަޑައިގަންނަވާ ނަމަ ނުވަތަ ގާބިލުނަމަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި، ބޮޑު ހިލަ ވެސް ގައުމަށް ގެންނާނެ ކަމަށެވެ. ބަނދަރުތަކާއި، މަގުތައް އަދި އިމާރާތްތައް ވެސް ހެދިގެންދާނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދައުލަތުން ދޭން ޖެހޭ ފައިސާ ވެސް ކުންފުނިތަކަށް ދޫކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ފައިސާ ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް ވެސް މިސަރުކާރުގައި މިއަދު ހުއްޓިފައި އޮތީ މަކަރާތް ހީލަތްހުރި ވަރުން ކަމަށެވެ.

މިއީ ކުޅޭކުޅޭ ލާހޫރޭ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައި ފަލާހު ވިދާޅުވީ އެންމެ ފުރަތަމަ ދިވެހި ބަސް ތަރައްގީ ކުރާނަމުގައި ގައުމިއްޔަތު މިނިސްޓްރީ އުފެއްދެވިއިރު ވެސް އެއީ ބޭކާރު މިނިސްޓްރީއެއް ކަމަށް ގިނަ ރައްޔިތުން ބުނަމުން ދިޔަ ނަމަވެސް މިސަރުކާރަށް އެ އަޑު ނީވުނު ކަމަށެވެ. މިއަދު އެ މިނިސްޓްރީ އުވާލެއްވި ނަމަވެސް ދެ އަހަރަށް ވުރެ ގިނަ ދުވަހު ރައްޔިތުންގެ ފައިސާ އިސްރާފު ކޮށްފައިވާ ކަމަށާއި، އެކަންކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުހައްމަދު ފަލާހުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026
ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ
15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
10 ޖުލައި 2026

"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި

10 ޖުލައި 2026
"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި
09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
04 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް

04 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް