Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާ ކެބިނެޓް ހުވާކުރުން

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޚިދުމަތް ދިނުމަށްޓަކައި، ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި. މި ބަދަލުތަކުގެ ދަށުން 4 އާ ބޭފުޅަކު ކެބިނެޓަށް އައްޔަނުކުރައްވައި، ބައެއް ވަޒީރުންގެ ވުޒާރާތައް ބަދަލުކުރައްވާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ލިބުނު ނަތީޖާއަށް ބައްލަވައި ސަރުކާރުގެ މަސައްކަތްތައް ހަލުވިކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 15:05
 ރައީސް މުއިއްޒުގެ އާ ކެބިނެޓް  ހުވާ ކުރެއްވުމަށް ރައީސް އޮފީހުގަ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާ ކުރެއްވުމަށް ރައީސް އޮފީހުގަ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ

ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އާ ކެބިނެޓް އަންގާރަ ދުވަހުގެރޭ ހުވާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުއްލި ގޮތަކަށް ބޭއްވި މި ރަސްމިއްޔާތުގައި، ވަޒީރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Advertisement - newsAdvertisement

އާ ކެބިނެޓް އެކުލަވައިލެއްވިއިރު، ކުރިން ވަޒީރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފަ އެވެ. އަދި މުޅިން އަލަށް ހަތަރު ބޭފުޅަކު ވަނީ ކެބިނެޓަށް އައްޔަނުކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފް އެވެ. މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އާ ކެބިނެޓުގައި ވެސް ހިމަނުއްވާފަ އެވެ. ނަމަވެސް، މިހާތަނަށް ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް މި ރަސްމިއްޔާތުގައި ބޭފުޅަކު އައްޔަނުކުރައްވާފައެއް ނުވެ އެވެ.

އަލަށް އެކުލަވައިލި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި އެ ބޭފުޅުންގެ ވުޒާރާތަކަށް ބަލާއިރު: ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް މިނިސްޓަރުގެ މަގާމަށް މޫސާ ޒަމީރު، ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް ޢަލީ އިޙުސާން، އަދި ފޮރިން އެފެއާޒް މިނިސްޓަރުގެ މަގާމަށް އިރުތިޝާމް އާދަމް ވަނީ އައްޔަނުކުރައްވާފަ އެވެ. އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް މިނިސްޓަރުގެ މަގާމަށް ޑރ. އިސްމާޢީލް ޝަފީޢު އައްޔަނުކުރެއްވިއިރު، ހެލްތް ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ ޤީލާ އަލީ އެވެ.

މީގެ އިތުރުން، އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރުގެ މަގާމަށް މުޙައްމަދު ސަޢީދު، އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް މިނިސްޓަރުގެ މަގާމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަދި ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރުގެ މަގާމަށް މުޙައްމަދު އަމީން ވަނީ އައްޔަނުކުރައްވާފަ އެވެ. ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓަރުގެ މަގާމަށް ޢަބްދުﷲ ރާފިޢު، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ހީނާ ވަލީދު، އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމަށް ޢަބްދުﷲ މުއްޠަލިބް، އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓަރުގެ މަގާމަށް ޢަލީ ޝަރީފް ވަނީ އައްޔަނުކުރައްވާފަ އެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ކެބިނެޓުގައި ކުރިން ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެންނެވި ބަދަލުތަކެކެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުވަޒީރުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

14 އެޕްރީލު 2026
ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2026
ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

11 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު