Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު އިސްލާހުކުރުން

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

ސަރުކާރުގެ ކޮރަޕްޝަން އިތުރުވެ، އިދާރީ ހިންގުން ބަލިކަށިވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް 12 ކަމެއް އިސްލާހު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. ދައުލަތުގެ މާލިއްޔަތުން އިސްރާފު ކުރުމާއި ބާރުތައް މުށުތެރެއަށް ޖަމާކުރާ ކަމަށް ތުހުމަތުކޮށް، މި އިސްލާހީ ބަދަލުތައް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ސިލްސިލާ އިހުތިޖާޖުތަކެއް ފެށުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ. އެހެންކަމުން، ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީގެ ގަރާރުގައި ސަރުކާރަށް އިލްތިމާސްކޮށްފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 އެޕްރީލު 2026 | އަންގާރަ 18:23
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިސްލާހުކުރުމަށް ކޮމިޓީއިން ފާސްކުރި ކަންކަން ޕީޖީ ގްރޫޕުން ހާމަކުރަނީ.

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިސްލާހުކުރުމަށް ކޮމިޓީއިން ފާސްކުރި ކަންކަން ޕީޖީ ގްރޫޕުން ހާމަކުރަނީ. | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރުގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީ އިން ސަރުކާރަށް ގޮވާލާ އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފި އެވެ. 

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކުރި ގަރާރުގައި ބުނެފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ނެގި ފެންނަ ނުފެންނަ ވޯޓުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތްކަން ހާމަކޮށްފައިވުމާއި، އެ ނިންމުން ދިވެހި ރައްޔިތުން ނިންމާފައިވަނީ، ދައުލަތުގެ މާލިއްޔަތުން ނުހަނު ބޮޑަށް އިސްރާފުކުރުން އިތުރުވެ، ސަރުކާރުގެ ތެރޭގައި ވައްކަމާއި، ކަރަޕްޝަން އިންތިހާ އަށް ފެތުރި، ސަރުކާރުގެ އިދާރީ ހިންގުން ބަލިކަށިވެ ދޯދިޔާވެފައިވާ ކަމަށެވެ. ގަރާރުގައި ބުނެފައިވަނީ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާކޮށް، ޑިމޮކްރަސީގެ އަސާސްތަށް މުގުރާލަމުން ދިއުމުގެ ސަބަބުން، ގައުމު އިސްލާހީ މަގަށް ރުޖޫއަކުރުމަށްޓަކައި، މި ވަގުތު، އަވަސް، ހަރުދަނާ އިސްލާހީ ފިޔަވަޅުތައް އެޅުން މުހިންމުކަމަށް ފެންނަ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. 

އެގޮތުން ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުގެ އިތުބާރު ގެއްލި، ތާއީދުނެތްކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ނިންމާފައިވާތީ ދިވެހިރައްޔިތުންގެ ޙައްޤުގައި ގައުމުގެ މުސްތަގަބަލު ރައްކާތެރިކޮށް މި ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. 

އެމްޑީޕީ އިން ސަރުކާރަށް އިސްލާހު ކުރުމަށް ގޮވާލި 12 ކަންތައް

  1. މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް، ޑިމޮކްރަސީގެ ހަމަތަކާއެއްގޮތަށް އެބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫޢަކުރުން.
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް މުރާޖައާކޮށް، ބިޑަކާ ނުލައި މަޝްރޫޢުތައް ހަވާލުކުރެވޭ ގޮތަށް ހުރި ކަންކަން އިސްލާހުކޮށް ނިޒާމު ހަރުދަނާކުރުން.
  3. ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކޮމިޓީއަކުން ނިންމާ ނިންމުމަކުން ނުވަތަ މަޖިލީހުގައި ވޯޓުދޭ ގޮތަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށް. މެންބަރުންގެ ގާނޫނީ މިނިވަންކަން ކަށަވަރުކުރުން.
  4. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިވާގޮތަށް މިސަރުކާރުން ގެނެސްފައިވާ ބަދަލުތައް ބާޠިލުކޮށް، ކައުންސިލްތަކަށް އިދާރީ އަދި މާލީ ފުރިހަމަ މިނިވަންކަން ލިބިދޭނޭހެން ޤާނޫނުތަކަށް އިޞްލާޙު ގެނައުން.
  5. ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރުން. މީގެ ތެރޭގައި އިންތިޚާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންތިހާއަށް މީހުން އައްޔަނުކުރުމާއި، ބިޑަކާ ނުލައި ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫޢަތަކުގެ އިތުރުން، އެޗްޑީސީ މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ވީ އެންމެ އަވަހަކަށް ޝަރީއަތަށް ފޮނުވުން.
  6. ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އައްޔަނުކޮށްފައިވާ ފަރާތްތަކުގެ އަދަދު ހާމަކޮށް، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ސިޔާސީ މަޤާމުތަކަށް އައްޔަނުކުރި މީހުންގެ އަދަދާއި، ޕްރޮމޯޝަން ދިން މީހުންގެ އަދަދާއި، އެ ފަރާތްތަކުގެ ތަފްޞީލު ހާމަކުރުން.
  7. ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އިޤްތިސާދީ ސިނާޔަތްތަކަށް، ޙާއްޞަކޮށް މަސްވެރިކަމުގެ ސިނާޔަތް ހުއްޓިފައިވާތީ، ރައީސުލުމްޖުމްހޫރިއްޔާ ވައުދުވެފައިވާ ގޮތަށް ތެލުގެ އަގު ސަބްސިޑައިޒްކޮށް މަސްވެރިންނަށް ލިބޭނޭގޮތް ހަމަޖެއްސުން.
  8. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްވާޙުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ޢަމަލުކޮށް، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  9. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުންގެ ދައީސުންގެ މަޤާމުގައި ތިއްބެވި ފަރާތްތައް ވަކިކޮށް، އެ މުއައްސަސާތަކުގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓޭނޭ ފަދަ ޤާބިލު ފަރާތްތައް އެ މަޤާމުތަކަށް އިސްކުރުން.
  10. ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓައި، އަސާސީ ޚިދުމަތްތަކުގެ އަގުބޮޑުވިޔަނުދީ ހިފެހެއްޓުމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އިސްރާފު މަދުކުރުމަށް އިސްކަންދިނުން؛ އަދި މިހާރުގެ އިޤްތިޞާދީ ޙާލަތާ ގުޅޭ ޞައްޙަ މަޢުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން އަވަސްކުރުން.
  11. ޤައުމުގެ އިޞްވާޙީ ދަތުރު ހަރުދަނާކުރުމަށްޓަކައި، ޤާނޫނުއަސާސިއަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުން؛ އަދި އެ ކޮމިޓީގެ މަޝްވަރާގެ މަތިން މެނުވީ ޤާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ނިޒާމު ތަރުތީބުކުރުން.
  12. ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭންޖެހޭ ޤައުމީ ތަރިކައަކަށް ވީހިނދު، ތިމާވެއްޓަށް ކުރާނެ އަސަރުތައް އެކަށީގެންވާ ގޮތެއްގައި ވަޒަންކުރުމެއްނެތި ހިންގާ މަޝްރޫޢުތައް ވަގުތުން ހުއްޓުމަކަށް ގެނައުމާއި، ތިމާވެށީގެ އީ.އައި.އޭ ރޕޯޓުތަކަށް ރިޢާޔަތްކުރުމެއްނެތި ދޫކޮށްފައިވާ މަސްވެރިކަމުގެ ހުއްދަތައް މުރާޖަޢާކޮށް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ މިނިވަންކަމާއި ބާރު ކެނޑޭގޮތަށް އިދާރީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލައި، ތިމާވެށި ހިމާޔަތްކުރުމުގެ ފުރިހަމަ ޤާނޫނީ ބާރުވެރިކަން އެ މުއައްސަސާއަށް ފުރިހަމައަށް އިއާދަކޮށްދިނުން.

މި ކަންކަން އިޞްލާޙުކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާ، ދިވެހި ރައްޔިތުންގެ ޙައްޤުގައި އިޙްތިޖާޖުތައް ފެށުމަށް އެ ޕާޓީން ނިންމާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ކަރަޕްޝަން ޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

14 އެޕްރީލު 2026
10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

"2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ފާއިތުވި 2 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް"

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު