Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

ކެބިނެޓަށް ގެންނެވި ބަދަލުތަކަކީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޚާއްސަކޮށް ހީނާއަށް ވަޒީރުކަން ދެއްވުމާ ދެކޮޅަށް ވާހަކަދައްކަވަމުން، އޭނާއަށް ރުހުން ނުދިނުމަށް މަޖިލިސް މެންބަރުންނަށް ޝާތިރު ގޮވާލެއްވި. މީގެ އިތުރުން ރައީސް މުއިއްޒު ބަލިކުރުމަށްޓަކައި ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރުމަށް ވެސް އޭނާ ވަނީ ބާރުއަޅުއްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 08:00
އެމްޑީޕީގެ ހަރުގެ ޖަލްސާގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދަގަނޑު ކެނޑޭނީ ދަގަނޑުން ކަމަށާއި، އިށީންދެ ތިބެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލި ނުކުރެވޭނެ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ޝާތިރު ވަނީ ރައީސް މުއިއްޒު ކެބިނެޓަށް ކުއްލިއަކަށް ގެންނެވި ބަދަލުތަކަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝާތިރު ވިދާޅުވީ ކެބިނެޓުން ބައެއް ވަޒީރުން ދުރުކުރައްވައި، އައު ބޭފުޅުން އައްޔަން ކުރެއްވީ ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށެވެ.  އަދި އެގޮތަށް ރައްޔިތުން އުންމީދު ކޮށްގެން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝާތިރު ވިދާޅުވީ ހީނާ ވަލީދު ކެބިނެޓަށް އައްޔަން ކުރެއްވިއިރު، އެއީ ރައްޔިތުންނަށް އަނިޔާވެރިވެ، ކުޑަ ކުދީންގެ ހައްގުތައް ނިގުޅައި ގަނެފައިވާ މީހެއް ކަމަށާއި، ހޮޅި ކޮޅެއް ނުލިބިގެން ކުޑަ ކުއްޖެއްގެ މަރުގެ ތުހުމަތު ވެސް ކުރެވޭ މީހެއް ކަމަށެވެ. އަދި އެންސްޕާގެ ފައިސާއަށް ހިޔާނާތްތެރިވެ، ބޮޑު ޓީވީ ޗެނަލްއެއް ހުޅުވި މީހެއް ކަމަށް ތުހުމަތުކޮށް އެންސްޕާގެ ސީއީއޯގެ މަގާމުން ވެސް ހީނާ އިސްތިއުފާ ދެއްވުމަށް ގިނަ ރައްޔިތުން ގޮވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝާތިރު ވިދާޅުވީ ހީނާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށާއި، މިފަދަ ބޭފުޅަކަށް ވަޒީރުކަން ދޭން ހެޔޮނުވާނެ ކަމަށެވެ.

އެހެންކަމުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ހީނާއަށް ރުހުން ނުދިނުމަށް އޭނާ ގޮވާލެއްވި އެވެ.  

މީގެ އިތުރުން ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ، ދަގަނޑު ކެނޑޭނީ ދަގަނޑުން ކަމަށާއި، އީށީދެ ތިބެގެން އެމަނިކުފާނު ބަލި ނުކުރެވޭނެ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ގެއަށް ފޮނުވާލުމަށްޓަކައި ރައްޔިތުން މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކެބިނެޓަށް ކުއްލިއަކަށް ބަދަލުތަކެއް ގެނައީމަ ރައްޔިތުން ހީކޮށްފާނެ ރައީސް މުއިއްޒު އެބައުޅޭ ގައުމު ރަނގަޅު ކުރަން. މިއަދު ވެސް މިރާއްޖޭގެ ރައްޔިތުންނަށް އެދިނީ އަނިޔާ. ކެބިނެޓް އެބަދަލުކުރިއިރު މިރާއްޖޭގެ ވަރަށް ގިނަ ނިކަމެތިންނަށް އެންމެ ބޮޑެތި އަނިޔާތައް ދިން މީހާ އަނެއްކާ ކެބިނެޓަށް އެލީ. ދަގަނޑު ކެނޑޭނީ ދަގަނޑުން މިތާގައި އިށީދެގެން ތިބެގެން މި މުއިއްޒެއް ބައްޔެއް ނުކުރެވޭނެ. ތިބޭފުޅުން މިތަނަކަށް ނޫން ނުކުންނަންވީ މަގުމައްޗަށް. މިތަނަކަށް ނޫން އަންނަންވީ އެއް. މަގުމައްޗަށް ނުކުމެ މަގުމަތީގައި މީނަ ސައިޒު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންވީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން 

ޝާތިރު ވިދާޅުވީ އެމްޑީޕީން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދިޔަ ނޫނެކޭ ކެންޕޭންއާ އެއްގޮތަށް ރައީސް މުއިއްޒު ގެއަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ކެންޕޭނަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

ޝާތިރު އަބްދުއްރަހްމާންއެމްޑީޕީހީނާ ވަލީދު ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026
މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން: އަލީ ހުސެއިން

މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތަށް ލިބޭހާ ފައިސާއެއް ވެރިމީހާ ބޭނުންވާހާ ގޮތަކަށް ހަރަދު ކުރެވޭ ނިޒާމެއް ގާއިމް ކުރުން: އަލީ ހުސެއިން

15 އެޕްރީލު 2026
އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

15 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

ވަކިކުރި 10 ވަޒީރުން ނުހިމަނާ، އައު ހަތަރު ބޭފުޅުންނާއެކު ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާކުރައްވައިފި

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު