Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތެލުގެ އަގު

ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

ރާއްޖޭގެ ހުރިހާ ހިސާބަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު އައި ނަމަވެސް، އެސްޓީއޯ އިން ތެލުގެ އަގު ބޮޑުނުކުރާނެ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ދިރާސާ ކުރަމުންދާ ކަމަށް. މީގެ އިތުރުން، ތަކެތީގެ އަގު އުފުލޭ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 13:16
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް

ރަމަޟާން މަހު ބައެއް މުދަލުގެ އަގު ބޮޑުވާ ކަމަށާއި ތެޔޮ އަގުބޮޑުވުމުގެ މައްސަލައަކީ އެގޮތަށް ދިމާވާ މައްސަލައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތެލުގެ އަގު އުފުލުމުގެ މައްސަލައަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެޔޮ ވިއްކަނީ ހަމައެކަނި އެސްޓީއޯ އިން ނޫން ކަމަށާއި އެ ވިޔަފާރީގައި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ތެޔޮ ވިއްކާ އަގުތަކަށް ބަދަލު އަންނަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުން އެސްޓީއޯގެ ރޭޓްގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.  އަދި އެކަމާ ގުޅޭ ޕްރޮޖެކްޓެއް އެސްޓީއޯ އާއެކު ފަށައިގެން ކުރިއަށް ދާ ކަމަށެވެ.

އެއާއެކު އެސްޓީއޯ ގައި ހުންނަ، އެސްޓީއޯގެ އައުޓްލެޓް ތަކުން ތެޔޮ ލިބޭ ރޭޓްގައި އެހެން ތަންތަނުން ވެސް ތެޔޮ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންވީމަ ފެނިވަޑައިގަންނަވާނެ މި ސަރުކާރު އައުމުގެ ކުރިން އަޅުގަނޑަށް ހީވަނީ ރަމަޟާން މަސް އަންނަ އިރު ބައެއްފަހަރު އެއްޗެހީގެ، ބައެއް ކަހަލަ ތަކެތީގެ އަގު ބޮޑުވޭ. އެކަމަކު އިކޮނޮމިކް މިނިސްޓްރީ އާ ރައީސް އޮފީހާ ގުޅިގެން ކުރާ މަސައްކަތްތަކުން މިދިޔަ 2 އަހަރެއްގެ ތެރޭގަ އެކަންތައް އޮތީ ވަރަށް ބޮޑަށް ހައްލުވެފަ. އެހެންވީމަ އެގޮތަށް ދިމާވާ މައްސަލައެއް ތެލުގެ މައްސަލައަކީ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ކާޑުގެ އަގު ކޮންޓްރޯލް ކުރެވިފައިވާ ގޮތަށް ކޮންޓްރޯލް ކޮށްފަ އޮންނަ އެއްޗެއް ނޫން ނަމަވެސް އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ. ތެލުގެ އަގުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަބަދުވެސް ބައްލަވަމުންދާ ކަމަށާ ދުނިޔޭގެ އަގުތަކަށް އަންނަ ބަދަލުތައް ވެސް ދިރާސާ ކުރައްވަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ އަގު ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވާން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް ތެލުގެ އަގު ބޮޑުނުކޮށްގެން ސުވާލުތައް އަމާޒުވި ކަމަށާއި، ނަމަވެސް އޭރު އަގު ބޮޑުނުކުރީ ސްޓޮކުގައި ހުރި ތެލުގެ ޝިޕްމަންޓްތަކަށް ރިޢާޔަތްކޮށްފައި ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމޫސާ ޒަމީރުއެސްޓީއޯތެލުގެ އަގު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

12 އެޕްރީލު 2026
މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު