Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ އާރިފް އިސްތިއުފާ ދިނުން

ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި އެކު ރައީސްގެ "ފަސްޓް ކަޒިން" މިނިސްޓަރު އަލީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބު ތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އަންނަން ފަށާފައި. މި ބަދަލުތަކުގެ ތެރެއިން މިފްކޯ، އެމް.ޑަބްލިއު.އެސް.ސީ އަދި ފެނަކަ ފަދަ މުހިންމު ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކިކޮށްފަވޭ. ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވުމަކީ ސަރުކާރުގެ އެތެރޭގައި ބޮޑެތި ލޮޅުންތަކެއް ހުރިކަން ހާމަވާ ކަމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 12:52
އަލީ އާރިފް އަދި ރައީސް މުއިއްޒު: ރައީސް އޮފީހުގެ ވަޒީރުކަމުގައި ހުންނެވި އިރު އަލީ އާރިފް އެންމެ ބޮޑަށް ރައްޔިތުންގެ ސަމާލުކަން ހޯދާފައިވަނީ، ހަރަދުކުޑަކުރުމަށް ރައްޔިތުން ގަރުދިޔަ ކާން ކުރެއްވި އިލްތިމާސް އާ ގުޅިގެން.

އަލީ އާރިފް އަދި ރައީސް މުއިއްޒު: ރައީސް އޮފީހުގެ ވަޒީރުކަމުގައި ހުންނެވި އިރު އަލީ އާރިފް އެންމެ ބޮޑަށް ރައްޔިތުންގެ ސަމާލުކަން ހޯދާފައިވަނީ، ހަރަދުކުޑަކުރުމަށް ރައްޔިތުން ގަރުދިޔަ ކާން ކުރެއްވި އިލްތިމާސް އާ ގުޅިގެން. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެދަރި ބޭފުޅެއް ކަމަށްވާ އަލީ އާރިފް އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.

މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެކަން ސަރުކާރުންނާއި އޭނާ ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ބަދަލަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރެއިން ހިނގި ކަމެއް ކަމަށް ބެލެވެ އެވެ.

ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ވޯޓުގައި ރައީސް މުއިއްޒުގެ ސަރުކާރު ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. މި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން އާދީއްތަ ދުވަހު ވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، ފެން ކުންފުނި އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ އާރިފް އިސްތިއުފާ ދެއްވުމަކީ ސަރުކާރުގެ އެތެރޭގައި ބޮޑެތި ލޮޅުންތަކެއް ހުރިކަން ހާމަވާ ކަމެކެވެ.

އަލީ އާރިފްރައީސް އޮފީސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

11 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު