Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރަށް ބޮޑު ބަޖެޓެއް ދިން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވޭތީ، މިއީ ނާގާބިލު ސަރުކާރެއްކަން ދާދިފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ސާފުވާ ކަމަށް. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާއިރު ރައްޔިތުންނަށް ލުއި ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި. އަދި ސަރުކާރުން ބަޖެޓު ހުސްކުރަމުންދާ ގޮތާއި ގުޅޭގޮތުން ރައްޔިތުން ސުވާލު އުފައްދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2026 | ހުކުރު 08:10
ސަރުކާރުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން.

ސަރުކާރުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. | ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ބަޖަޓެއް ދިން ނަމަވެސް ދެ އަހަރާއި ބައި ވެންގެންދިޔައިރު ރައްޔިތުންނަށް ބޭސް ގުޅައެއް ނުލިބޭ ހިސާބަށް ދިއުމުން މިއީ ވަރަށް ނާގާބިލް ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވިދާޅުވީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް ކަޅާހުދުން ސަރުކާރަށް ޖަވާބުދީފައިވާ ކަމަށާއި، މިއީ ނާގާބިލް ސަރުކާރެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ދިވެހި ރައްޔިތުންގެ ތެރެއިން 148000ށް ވުރެ ގިނަ ރައްޔިތުން މިހާރުގެ ރައީސްއަށް ނޫނެކޭ ބުނެފައިވާކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ބަޖަޓެއް ދިން ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ލުއި ލިބޭނެ އެއްވެސް ކަމެއް ކުރިއަށް ނުގެންދާ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ 80 ރަށަށް ދިޔަ ކަމަށާއި، އެއިން އެއްވެސް ރަށެއްގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. އަދި އައު މަޝްރޫއެއް ފެށިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތިން އިންތިޚާބެއް ނިމިދިޔައީ ވަގުތީ ނަތީޖާ ވަރަށް ސާފުކޮށް އެބައޮތް ފެންނަން. ދެ އަހަރާއި ބައި ސަރުކާރަށް ވެގެންދިޔައީ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ސަރުކާރަށް ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނެފި. އެއީ ދެ އަހަރާއި ބައިވެގެން ދިޔައިރު ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް ބަޖެޓުގައި ފާސްކުރެވި ރައްޔިތުންނަށް އެއްވެސް ކަމެއް އެންމެ ކުޑަ މިނުން ބޭސް ގުޅައެއް ވެސް އެނގޭތޯ ބޭސް ގުޅައެއް ވެސް ނުލިބޭ ހިސާބަށް ދިޔައީމަ ރައްޔިތުން ވަރަށް ސާފުކޮށް ނާގާބިލް ސަރުކާރެއް ކަމަށް ރައްޔިތުން ބުނެފި.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު އާއި ވަޒީރު ބޭފުޅުންނަށް ދައުލަތް އަދި ސަރުކާރު ހިންގަން ނޭނގޭ ކަމަށެވެ. އެކަމުގެ ނަތީޖާއެއް ގޮތުން މިއަދު ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހަރަދު ބޮޑުވެ ދަތިވެފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ކޮންޓިންޖެންސީ ބަޖެޓުގެ ބޭނުން ނުހިފާ ކަމަށާއި، ރައްޔިތުންނަށް ލުއި ނުކޮށްދޭ ކަމަށެވެ. 

2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ ބަޖެޓަށް އެންމެ ރުފިޔާއެއް ވެސް އިތުރު ނުކޮށް މަދުނުކޮށް ބަރާބަރަށް ހުސް ކުރިކަން އިއުލާން ކުރެއްވިއިރު، ބަޖެޓުން ކުރި މަސައްކަތެއް ރައްޔިތުންނަށް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ބަޖެޓު ހުސްކުރަމުންދާ ގޮތާއި ގުޅޭގޮތުން ރައްޔިތުން ސުވާލު އުފައްދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

 އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026
ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު