Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026 | ހޮނިހިރު 09:54

އެމްއޭސީއެލްގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ލިބޭ ގޮތަށް ސިޔާސީ ފަރާތްތަކެއް ތިބިކަން ހާމަވުމާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ބޮޑުވެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، މަގާމުތަކުގެ ސައްހަ އަދަދު ސިއްރުކޮށް، ކުންފުނިތަކުގެ ތެރެއިން ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެހެންކަމުން ގާބިލު ޒުވާނުންނަށް ފުރުސަތު ނުލިބި، ޓެކްސް ފައިސާ އިސްރާފުވަމުންދާ ކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2026 | ހޮނިހިރު 09:54
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. | އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް އާންމު ކޮށްފި އެވެ.

އެކްސްގައި އާންމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި އެމްއޭސީއެލް އިން 50،000 އިން ދަށުގެ އެކި ބޮޑު މުސާރަތައް ލިބޭ 85 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުންނާއި ނޫސްވެރިއަކު ހިމެނެ އެވެ. 

އެންމެންގެ މުސާރަ ހުރީ 20،000 ރުފިޔާއަށް ވުރެ މަތީގަ އެވެ. އޭގެ ތެރޭގައި ހިމެނޭ ހަސަން ނަޖީބުގެ އިތުރުން ޒީނާޒު އަދުނާން އަށް 50،000 ރުފިޔާ މަހު މުސާރައަށް ލިބެ އެވެ. 

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ ކަމަށް ބުނެ އާއްމުކުރި 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓު.

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ ކަމަށް ބުނެ އާއްމުކުރި 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓު.

އެކްސްގައި އާއްމުވެފައިވާ އެ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމްއޭސީއެލްގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސާދަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތަށް ބުރަ ބޮޑު ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރަމުންދާ ކަމަށެވެ. އަދި ކިޔަވައިގެން ނުކުންނަ ޒުވާނުންނާއި ގާބިލު މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރުމުގެ މަގުސަދުގައި ކުންފުނިތައް ބަގުރޫޓް ކުރަމުންދާ ކަމަށެވެ.

މިސަރުކާރުގައި އެމްއޭސީލްގެ މެންޑިޑޭޓުން ބޭރުން މަޝްރޫއުތައް ވެސް ދަނީ ހަވާލު ކުރަމުންނެވެ. އެގޮތުން އެމްބިއުލާންސް ގެނައުން ފަދަ މަސައްކަތްތައް އެ ކުންފުނިން ކުރެ އެވެ. 

އެމްއޭސީއެލްގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް އާންމުވެފައިވާއިރު، މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވެ އެވެ. ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސިއްރު ކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އާއްމު ރައްޔިތުންގެ ފާޑުކިޔުންތަކާއި، ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން 15 ޖުލައި 2025 ގައި ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ވަގުތު ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން ތިބި ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކުރަން އެތައް މަސައްކަތްތަކެއް ކުރުމަށް ފަހު އެންމެ ފަހުން މި މައުލޫމާތު ހާމަ ކުރި އިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރުން ވަކިި ކުރި ކަމަށް ބުނި 248 މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރަން ވެސް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.

އޭގެފަހުން މިއަދާ ހަމައަށް އަދި މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ވެސް ގިނަ ބަޔަކަށް ސިޔާސީ ގޮތުން ވަޒީފާ ދީފައިވެ އެވެ. ނަމަވެސް ޖުމްލަ އަދަދެއް ނޭނގޭ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުންނަކީ ކުރާނެ މަސައްކަތެއް އަދި އިށީންނާނެ ގޮނޑިމޭޒު ވެސް އޮފީހުގައި ނުހުންނަ، އަދި ބައެއް މީހުންނަކީ އޮފީހަށް ހަމަ އެކަނި ސޮއި ކޮށްލަން އަންނަ ބައެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިސަރުކާރުގެ ސިޔާސީ މަގާމުތައް 2500ށް ވުރެ އިތުރުވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއޭސީއެލްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

10 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު
10 އެޕްރީލު 2026

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

10 އެޕްރީލު 2026
މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް
08 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

08 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު
05 އެޕްރީލު 2026

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
28 މާރިޗު 2026

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު
13 މާރިޗު 2026

ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

13 މާރިޗު 2026
ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި
23 ފެބުރުއަރީ 2026

ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

23 ފެބުރުއަރީ 2026
ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''
20 ފެބުރުއަރީ 2026

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026
އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ
20 ފެބުރުއަރީ 2026

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް