Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައްޔިތުންގެ ވިންދާއެކު....!

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ 3 އިންތިޚާބާއެކު ސަރުކާރަށް ރައްޔިތުންގެ ހިތްހަމަ ނުޖެހޭ ކަމާއި، ތައީދުނެތްކަން މިވަނީ ހާމަވެގެން ގޮސްފައި. ސަރުކާރަށް ބޮޑު ތަނަށް ނޫނެކޭ ރައްޔިތުން ބުނުމާއެކު، ރައީސް މުއިއްޒު މިވަނީ އެކަން ގަބޫލު ކުރައްވައި، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދީފައި. އެއާއެކު ރައްޔިތުންގެ ވިންދު، ރައީސް މުއިއްޒާއި މިސަރުކާރުގެ ބޭފުޅުންނާ އެނގޭތޯ މިއީ ބައެއް މީހުން އުފައްދަމުންދާ ސުވާލް ތައް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 13:51
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބުގެ ނަތީޖާއިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ހިތްހަމަ ނުޖެހޭކަން ހާމަވޭ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބުގެ ނަތީޖާއިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ހިތްހަމަ ނުޖެހޭކަން ހާމަވޭ. | ރާއްޖެއެމްވީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގުނު ރިފެރެންޑަމްގެ ނަތީޖާއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ހިތްހަމަ ނުޖެހޭ ކަމާއި، ތައީދުނެތްކަން މިވަނީ ހާމަވެގެން ގޮސްފަ އެވެ. ސަރުކާރަށް ބޮޑު ތަނަށް ނޫނެކޭ ރައްޔިތުން ބުނުމާއެކު، ރައީސް މުއިއްޒު މިވަނީ އެކަން ގަބޫލު ކުރައްވައި، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެއާއެކު ރައްޔިތުންގެ ވިންދު، ރައީސް މުއިއްޒާއި މިސަރުކާރުގެ ބޭފުޅުންނަށް އެނގޭތޯ މިއީ ބައެއް މީހުން އުފައްދަމުންދާ ސުވާލެކެވެ. 

ރައްޔިތުންގެ ވިންދާއެކު ކަންކަން ކުރިއަށް ގެންދަން  ބޭނުންވާނަމަ ނުވަތަ އިސްލާހު ކުރަން ބޭނުންވާނަމަ ހާދަހާ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރައީސް މުއިއްޒު ތަކުރާރުކޮށް ހައްދަވާ ދޮގުތައް ހެއްދެވުން ހުއްޓަވާލައްވައި، މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ރައީސް މުއިއްޒު ހާމަ ކުރައްވަން ޖެހެ އެވެ. 

މިސަރުކާރާއެކު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ދައުލަތުގެ ބަޖެޓަށް އޭގެ ބުރަ ބޮޑުވުމެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރާނަމަ، ސިޔާސީ ގޮތުން ދީފައިވާ ބޭކާރު ވަޒީފާތައް މަދުކޮށް، އެމްބަސީތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަދަދު މުރާޖާ ކުރަންޖެހެ އެވެ. ހަމައެއާއެކު، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމުގައި އަމަލުކުރާ އުސޫލުތައް ހާމަކޮށް، 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާ ހާވަލުކުރި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެ އެވެ.  ކޮރަޕްޝަނާއި ރިޝަވަތުގެ ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގު ކުރެވެންޖެހެ އެވެ.

ބިން ވިއްކުމުގެ ބޮޑު ވައްކަމާ ގުޅިގެން އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ މައްސަލަ އާއި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސްއަށް ދެއްކި 250،000 ޑޮލަރު ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގެ އިތުރުން ވެސް ފެންމަތިވެގެން ދިޔަ ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި ދޫކޮށްލުމަކީ އަދި ހިޔާނަތުގެ ތުހުމަތުތައް އަމާޒުވެފައިވާ ބޭފުޅުން ސަރުކާރުގެ މަތިފަޑީގައި ތިއްބެވުމަކީ ހަމަގައިމުން ވެސް ރައްޔިތުންގެ ވިންދެއް ނޫނެވެ. 

މީގެ އިތުރުން ދައުލަތުގެ މީޑިއާއަށް އޮންނަ ނުފޫޒު ކުޑަކޮށް، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަކީ ވެސް ރައްޔިތުން ބޭނުންވާ މުހިންމު ބަދަލެކެވެ. އަދި ރައްޔިތުން އިންތިޚާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާއެކު އެ މަޖިލީހުގައި ވާހަކަ ދައްކަވަން ފުރުސަތު ލިބުމަކީ ވެސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ އެހާމެ މުހިންމު ކަމެކެވެ. 

މިއާއެކު މަޝްރޫއުތަކުގެ އިސްކަންދޭ ތަރުތީބު ވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލު ކުރަން ޖެހެ އެވެ. 

ރަސްމާލެ ފަދަ ބޮޑެތި އާ މަޝްރޫއުތަކަށްވުރެ ބޮޑަށް، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް އިސްކަންދީ، މާލެސިޓީގެ ތަރައްގީއަށް  ހުޅުމާލެ ފޭސް-3، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކޮށް އެތަންތަން ތަރައްގީކޮށް އެމަޝްރޫއުތައް އަވަސްކުރުމަކީ ރައްޔިތުންގެ ބޮޑު އުންމީދެކެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، އައްޑޫ ހަންކެޑަ މަޝްރޫއާއި، ހުޅުދޫ-މީދޫ ބްރިޖާއި، ތިނަދޫ ސިޓީގެ އެއަރޕޯޓް ފަދަ އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ އަންނަން ޖެހެ އެވެ. މަސްވެރިންނަށް ވީ ވައުދުތަކާ އެއްގޮތަށް މަހުގެ އަގު ކަނޑައަޅަން ޖެހެ އެވެ. އަދި ޕާކު ކުރާނެ ތަންތަން ނުދައްކައި ސްޓިކާ ޖެހުމާއި، ޓޯ ކުރުން ފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ހައްލެއް ބޭނުންވެ އެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޭ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމަކީ ވެސް ރައްޔިތުން އިންތިޒާރު ކުރާ ކަމެކެވެ.

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އަގުތައް ހިފަހައްޓައި، ވިޔަފާރީގައި ރައްޔިތުން ބާރުވެރިކޮށް، ހިންދެމިލެވޭނެ ފަދަ ދިރިއުޅުމަކަށް މަގު ކޮށްދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއެކެވެ. ހަމައެބީދައިން ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މީގެ ކުރިން ލިބުނު ބޭސް ތަކުލީފެއް ނެތި ރައްޔިތުންނަށް ލިބުމަކީ ވެސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމެކެވެ. 

ޖުމްލަގޮތެއްގައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަކީ ހަމައެކަނި ބަހުން ބުނެލާ ބަހަކަށް ވެގެން ނުވާނެ އެވެ. އެއީ އަމަލީ ގޮތުން ފެންނަންޖެހޭ ބަދަލުތަކެކެވެ. ކޮރަޕްޝަން ނައްތާލުމާއި، ދެފުށް ފެންނަ ސިޔާސަތުތަކެއް ގާއިމުކުރުމާއި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އިސްކަންދީގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމެވެ. ރައްޔިތުންގެ އަޑު އަހައި، އެ އަޑާ އެއްގޮތަށް ސަރުކާރުގެ މިސްރާބު ބަދަލުކުރާނަމޭ ބުނުން އެއީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކަކަށް ވެގެން ނުވާނެ އެވެ.

އެއްވެސް ހާލަތެއްގައި ދޮގާއި އޮޅުވާލުމަކީ ރައްޔިތުންގެ ވިންދެއް ނޫނެވެ! މިކަންކަމާ މެދު އަޅުގަނޑު ވަކިގޮތަކަށް ނިންމަން ނެތީމެވެ. ނަމަވެސް ގޮތްނިންމާނީ ރައްޔިތުންނެވެ. ދެން ޢަމަލު ކުރައްވާނީ ހަމަ ތިޔަ ބޭފުޅުންނެވެ. 

ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުފެންނަ ނުފެންނަ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ނަންބަރު ތަކުން ފެންނަނީ ރައީސް މުޢިއްޒު އަށް ތާއީދު ނެތްކަން

ނަންބަރު ތަކުން ފެންނަނީ ރައީސް މުޢިއްޒު އަށް ތާއީދު ނެތްކަން

05 އެޕްރީލު 2026
މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

05 އެޕްރީލު 2026
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބިރު އޮތް: ޓްރާންސްޕޭރެންސީ

05 އެޕްރީލު 2026
މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

05 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު