Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

އަމްރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު، ތަކެތީގެ އަގު އުފުލި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމަށް. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރާއްޖޭން ބޭރުގައި ހުރި އެމްބަސީތައް ބަންދުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭ ކަމަށާއި، މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ހާލަތު ނުރައްކާތެރި މިސްރާބަކަށް ދާ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ޑޮލަރު ބޭކާރު ގޮތުގައި ހޭދަކުރުން ހުއްޓާލައި، އާމްދަނީއާ ނުބައްދަލު ޚަރަދުތައް ކުޑަކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އަމްރު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 08:16
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށްޓަކައި މިސަރުކާރުން ހަރުދަނާ ފިޔަވަޅެއް ނާޅާ ކަމަށާއި، ކުރިއަށް އޮތް ދެ މަހު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ. 

އެގޮތުން ތަކެތީގެ އަގު އުފުލެމުންދާ ކަމަށާއި، ކުރިން 35 ރުފިޔާ އާއި 45 ރުފިޔާ އަށް ލިބުނު ކުކުޅު ކިލޯއެއް މިއަދު ލިބެން ހުރީ 75 ރުފިޔާއަށްވުރެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަމްރު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވައްދާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށާއި، ނަމަވެސް ހަނގުރާމައާ ގުޅިގެން ޑޮލަރު ނުވަންނަ ކަމަށެވެ. އަދި މިކަމުގެ ނުދޭވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި ޑޮލަރު، ޑޮލަރު ހުރިހާ ކަމެއް މި ކުރަނީ. އަޅުގަނޑުމެން ކޮންމެ އެއްޗެއް ގަތަސް، ކޮންމެ އެއްޗެއް އިމްޕޯޓްކުރިޔަސް، ކައިގެންބޮއިގެން ކާޑަށް ދަންދެން، ހަނޑޫ، ހަކުރު، ފުއްވެސް މި ގަންނަންޖެހެނީ ޑޮލަރު ދީފަ. އެ ޑޮލަރު ނެތް ވާހަކަ މި ދައްކަނީ. އެހެންވީމާ، އެ ޑޮލަރު ހޯދާނެ ގޮތަކަށް ނޫނިއްޔާ ޑޮލަރު މި ބޭކާރު ގޮތުގައި ޚަރަދުކުރާ ވަރަށް ކުޑަކުރުމަށްޓަކައި ނޫންތޯ މަސައްކަތްކުރަންވީ. މި ވަގުތު ޑީ.އެމް.ޑީ.އިންނެއް ނޫންތޯ ކަނޑަން ވީކީ. މި ވަގުތު ބަންދު ކުރަންވީ ރާއްޖޭން ބޭރުގައި މިހުރި ހުރިހާ އެމްބަސީއެއް ނޫންތޯ. ކީއްކުރާ ތަނެއްތޯ؟ އޭގެ ކޮންމެ އެމްބަސީއެއްގައި އެބަތިބި 70 އިން 100 އިން މީހުން. އަޅުގަނޑުމެން ޑޮލަރުން މި ޕޭ ކުރަނީ އެ މީހުންގެ މުސާރައަށާއި، އެ މީހުންގެ އާއިލާއަށާއި، އެ މީހުންގެ ކުދިން ސްކޫލަށް ވެއްދުމަށާ ހުރިހާ ކަމަކަށް. 
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ މިސަރުކާރާއެކު ސިޔާސަތާއެކު އިގްތިސާދު ރަނގަޅު ނުވާނެ ކަމަށާއި، މިސިޔާސަތުތަކާއެކު ރައްޔިތުން ހަނާވަމުންދާ ކަމަށެވެ. 

އެގޮތުން މިއަދު އެއްބަސްވުމެއްގެ ދަށުން ތެޔޮ ލިބުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ބިލުތަކަށް ފައިސާ ދައްކާނެ ގޮތާމެދު ސުވާލު އުފެދިފައިވާ ކަަމަށް އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ މިއަދު ރައްޔިތުންގެ ޖީބަށް ފައިސާ އާއި ޑޮލަރު ވަންނަ މިންވަރު މަދުވާ ކަމަށާއި، ހަރަދު ކުރަންޖެހޭވަރު އިތުރުވާ ކަމަށެވެ. އަދި ރާއްޖެއަށް ޑޮލަރު ވަންނަވަރު މަދުވާއިރު، ރާއްޖެއިން ޑޮލަރު ހަރަދު ކުރާވަރު އިތުރުވާ ކަމަށެވެ.

އެހެންކަމުން ރާއްޖެ މިދަނީ ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން އަމްރުއެސްޓީއޯރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

27 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު