Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ވަޒީފާތައް ބަހައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް. ގައުމުގެ މާލީ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް ހުރި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރަށް ނޫނެކޭ ބުނުމަށް އޭނާ ރައްޔިތުންނަށް ގޮވާލެއްވި. މީގެ އިތުރުން، އިންތިޚާބުތަކަށް ފަހު ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 އެޕްރީލު 2026 | ބުރާސްފަތި 08:05
އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިޚާބުތަކާ ގުޅުވައި، މުޅި ދައުލަތް ހުސް ކުރަމުން މިދަނީ އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި މެންބަރު ޝަމްހީދު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ތިން އިންތިޚާބާ ގުޅިގެން އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ސަރުކާރުން އަދި ބޭނުންވާހާ ގޮތަށް ނަތީޖާ ނުނެރެވޭނެކަން ހާމަވެފައިވާ ކަމަށެވެ. 

އެހެންކަމުން މި ސަރުކާރު ފަހު ވަގުތު ތެޅިގަނެގެން މުޅި ދައުލަތް ހުސް ކުރަމުންދާ ކަމަށާއި، ވަޒީފާތައް ބަހަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ކޮރަޕްޝަންގެ ހަޑި އަމަލުތައް ވެސް ފާޅުގައި ހިންގަމުންދާ ކަމަށެވެ.

ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކިތަންމެ ވަރަށް ރައްޔިތުންނަށް ލުއިތައް ދިން ނަމަވެސް މި އިންތިޚާބުތަކަށް ފަހު ހަގީގީ މަންޒަރު ފެންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަ ވެސް އަޅުގަނޑު ބުނެލަން އޮތީ މިއިންތިޚާބުގެ ފަހުންނޭ ހަގީގަތުގައި ރައްޔިތުން ތިބި ހާލު އެނގޭނީ. ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމެޓީގައި އަޅުގަނޑުމެންގެ ޗެއަރ ގަފޫރާއި އަޅުގަނޑާ ތިބެން. އަޅުގަނޑުމެންނަށް އެނގޭ މިގައުމު އޮތް ހާލު. އެޗްޑީސީން އެކަނި މިދިޔަ އަހަރު އެޗްޑީސީ ދެކޮޅު ޖައްސަން ބަޖެޓުން ބޭރުން އެއްބިލިއަން ރުފިޔާ ދޭން ޖެހުނު. މިއީ ތިބޭފުޅުންގެ ޒަރޫރީ ބޭނުންތަކަށް ހުރި ފައިސާ. އެ ފައިސާތައް ނެގީމަ ހަގީގަތުގައި ބޭހާއި ދެން ވެސް މިއަދު އެ ލިބެން ޖެހޭ ޒަރޫރީ ތަކެތި ނުލިބިގެން މިއުޅެނީ. މިހާރު އެނަގާ މުވައްޒަފުން ނަގައި ނިމޭއިރު އަޅުގަނޑަށް ހީވަނީ ހިޔާ ފްލެޓުތަކަށް އެ ދިން ޑިސްކައުންޓްތަކާ އެއްކޮށް ބަޖެޓުން ދެ ބިލިއަން ދީގެން ވެސް އެޗްޑީސީ ހިންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ މާލީ ގޮތުން ވަރަށް ބަނަ ދުވަސްތަކެއް ކަމަށާއި، މިހުރިހާ ކަމަކަށް ރިޔާއަތް ކުރުމަށް ފަހު މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން، ނިކަމެތި ކޮށްލުމަށްޓަކައި ނަގާ ރިފެރެންޑަމް އަށް ނޫނެކޭ ބުނެ ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ޑރ. އަހްމަދު ޝަމްހީދުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް

02 އެޕްރީލު 2026
މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީއަށް، މިހާތަނަށް އެއްވެސް މައްސަލައެއްގެ ޖަވާބެއް ނުލިބޭ: މާޒް ސަލީމް
02 އެޕްރީލު 2026

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

02 އެޕްރީލު 2026
2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު
02 އެޕްރީލު 2026

އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި
01 އެޕްރީލު 2026

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

01 އެޕްރީލު 2026
ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް
01 އެޕްރީލު 2026

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

01 އެޕްރީލު 2026
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު