Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

ޔައުގޫބު ވިދާޅުވީ ފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް. ދައުލަތުގެ މާލިއްޔަތުން އިސްރާފުކުރުމާއި، ބިޑް ކުރުމެއްނެތި ގާތް ފަރާތްތަކަށް މަޝްރޫއުތައް ބަހަމުންދާ ކަމަށް ތުހުމަތުކުރައްވައި، މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. އަދި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ނާޖާއިޒް މަންފާ ހޯދުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ޔައުގޫބު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2026 | ހުކުރު 08:12
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށާއި، މިސަރުކާރު ބަދަލު ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖްތަކެއް ރައްޔިތުން ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ތިން އިންތިޚާބުގެ ނަތީޖާއެކު މިއީ ވަގުތީ ސަރުކާރެއްކަން ހާމަވެފައިވާ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވަން ގިނަ ރައްޔިތުން ބޭނުންނުވާ ކަމަށާއި، އެއްވެސް ސިޓީއަކުން ސަރުކާރަށް އެއްވެސް ގޮނޑިއެއް ނުލިބުމުން ރައްޔިތުންނަށް ފުދިފައިވާ މިންވަރު ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރު ބަދަލުކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރިކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ ދައުލަތް ހިންގަމުން ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި، މާލިއްޔަތުން ކުރަމުންދާ އިސްރާފާއި، ވައްކަން ރައްޔިތުން ހުއްޓުވަން ބޭނުންވާ ކަމަށެވެ. މިސަރުކާރުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކުގެ ތަފްސީލާއި، މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރާ ގޮތް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިޑް ކުރުމެއްނެތި ގާތް މީހުންނަށް މަޝްރޫއުތައް ބަހާބެހުމަށް ވެސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ މިޑްޓާމް އިލެކްޝަންގައި ގިނަ ރައްޔިތުން ރައީސް މުއިއްޒަށް ނޫނެކޭ ބުނެފައިވާ ކަމަށާއި، މިހާރު މިސަރުކާރަށް އިތުރުބާރު ކުރާނެ އަދި އުންމީދު ކުރާނެ އެއްވެސް ރައްޔިތެއް ނެތް ކަމަށެވެ. އަދި މިއީ މިސަރުކާރު ބަދަލުކުރަން ޖެހޭ މައިގަނޑު އެންމެ ބޮޑު ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެކަމަކު މިއަދާ ހަމައަށް އައިއިރު ރައީސުލްޖުމްހޫރިއްޔާ ފަރާތުން އެއްވެސް ގެންނަން އުޅެނީ ކޮންބަދަލެއް ކަމެއް، ބަދަލެއް ގެންނާނެ ކަމެއް، ކޮން ދިމާލަކަށް ކަމެއް ބަދަލުގެންނަނީ. މިއިން އެއްވެސް ކަމެއް އަދިވެސް އިނގެނީއެއް ނޫން. ދެން މިސާލަކަށް ތި ފާހަގަކުރި ގޮތަށް. ތިން ބިލިއަން ރުފިޔާ ޗާޕުކުރުމާ، އަދި އޭގެއިތުރަށް އަޅުގަނޑުމެންނަށް ފެނިގެންދިޔައެއް ނޫންތޯ؟ މިދިޔައީ ޑިސެންބަރު މަހު 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް ބޭންކް އޮފް މޯލްޑްވިސް މެދުވެރިކޮށް އެކިއެކި ގާތްފަރާތްތަކާއި، ޚާއްސަކޮށް މެންބަރުންނާއި މެންބަރުން، ސަރުކާރާއި ގާތްފަރާތްތަކާ އެއްވެސް ބިޑުކުރުމެއް ނެތި، ހަމަ ބަހާލި ތަން. ކޮބައިތޯ އެ ފައިސާ؟ ކޮބައިތޯ އެ ފައިސާ ވީކީނެއްތޯ؟ އޭގެއިން ކޮންރަށެއްގެ ކޮންކަމެއްތޯ ކުރީ؟ އަޅުގަނޑުމެން މި އައީ މިދިޔަ ދެތިން މަސްދުވަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއް ކަވަރުކޮށްފަ. އަޅުގަނޑުމެން އެމް.ޑީ.ޕީގެ މި ކެމްޕެއިން ޓީމުން ނާރާ އެއްވެސް ރަށެއް ނޯންނާނެ. މި ކެމްޕެއިން ޓީމު އެކީ ކޮންމެވެސް ބަޔަކު ކޮންމެވެސް ދިމާލަކަށް ހުންނާނީ ގޮސްފައި. އަޅުގަނޑުމެންނަށް އެއްވެސް ބަޔަކަށް ނުފެނޭ، އެއީ މި ރާއްޖޭގެ އެންމެ ރަށެއްގައި ވެސް ކުރަމުންދާ މަސައްކަތެއް.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ޔައުގޫބު ވިދާޅުވީ މަޝްރޫއުތައް ހަވާލު ކުރަމުންދަނީ ސަރުކާރުގެ ގާތް ބޭފުޅުންނަށް ކަމަށެވެ. އަދި ހުރިހާ ކަމަކުން ނާޖާއިޒް މަންފާ މިސަރުކާރުން ހޯދާއިރު، އެކަން ހުއްޓުވަން ރައްޔިތުން ބޭނުންވާ ކަމަށާއި، މިސަރުކާރު ބަދަލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔައުގޫބު އަބްދުﷲރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

10 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

08 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
ރައްޔިތުންގެ ވިންދާއެކު....!

ރައްޔިތުންގެ ވިންދާއެކު....!

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު