Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު، ރިޔާސަތުން ބުނީ އެއީ ހަގީގީ މައްސަލައެއް ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް

އާސަންދަ ނިޒާމުގެ ދަށުން ލިބޭ ޚިދުމަތްތައް މެދުކެނޑި، ބޭހާއި މެޑިކަލް ސާމާނު ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުއްލި މައްސަލައެއް ހުށަހެޅުއްވި. މި މައްސަލައިގައި ބޭސް އެތެރެކުރުމުގެ ތެރޭގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، އެއީ ހަގީގަތެއްކަން ސާބިތުކޮށްދެވިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ. ސިއްހީ ޚިދުމަތްތައް ލަސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގަމުންދާކަން ވެސް މި މައްސަލައިގައި ފާހަގަކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 އެޕްރީލު 2026 | ހޯމަ 12:49
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާ އެކަމާމެދު މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ޚިދުމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ސިއްހީ ފަރުވާގެ އިންޝުއަރެންސްއާ ބެހޭ ނިޒާމެއް އެކަށައަޅައި އެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިނގާނެ ގޮތް ބެލެހެއްޓުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ދިވެހި ހުރިހާ ރައްޔިތުންނަށް އަސާސީ ސިއްހީ ޚިދުމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމަށް "އާސަންދަ" ގެ ނަމުގައި 2011 ވަނަ އަހަރު ފެށި ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރެންސް ނިޒާމު ދިވެހި ދައުލަތުން ފައިސާ ޚަރަދު ކޮށްގެން ހިންގަމުން އައިސްފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް އައިއިރު ހޮސްޕިޓަލްތަކާ ކްލިނިކްތަކުން ޚިދުމަތް ހޯދުމަށްދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާ ޓެސްޓުތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ޚިދުމަތް ހުއްޓާލަމުންދާ ކަމަށް ވެސް މައްސަލައިގައި ވެ އެވެ.

އޭގެ އިތުރުން ބޭސް ސިޓީއަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާނޭ ސިއްހީ ތަކެތި ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާކަން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވާ ކަމަށް ވެސް މެންބަރު ކުޑޫގެ މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން ފާއިތުވި މާޗު މަހުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 6 އަހަރުގެ ކުއްޖަކަށް ދޭންޖެހޭ ފަރުވާ އެކަށީގެންވާ އަވަސްމިނުގައި ނުދެވި ލަސްވުމުގެ ސަބަބުން އެ ކުއްޖާ ނިޔާވެފައިވާ ޚަބަރު އާއްމުވެފައިވާއިރު އެ ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ހޮޅިކޮޅެއް ނުގެނެވި އާއިލާއިން 8 މަސް ދުވަސް ވަންދެން ސަރުކާރުގެ އިދާރާތަކުގައި އާދޭސްކޮށްގެން ސަލާންޖަހަން ޖެހުނުކަން ހާމަވެފައިވާ ކަން ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައި ވެ އެވެ. 

ކުއްލި މައްސަލައިގައި ބުނީ މިފަދަ ކަންކަން މި ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި، ނާޖާއިޒް ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނަސްގެން ބޭހާ މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވާފައިވުމުން ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު މައްސަލަ ބޭރުކޮށްލަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލު ގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކިބައެއްގެ އަތުން ގަތުމަށް ރާވައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ހަގީގަތެއްކަން މެންބަރަށް ދައްކުވައިދެވިފައި ނުވާ ކަމަށެވެ. 

އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްއާސަންދައެސްޓީއޯބޭސް ފޯރުކޮށްދިނުން

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

13 އެޕްރީލު 2026
މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް
13 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން
12 އެޕްރީލު 2026

ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި

12 އެޕްރީލު 2026
ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި
12 އެޕްރީލު 2026

ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

12 އެޕްރީލު 2026
ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު
11 އެޕްރީލު 2026

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

11 އެޕްރީލު 2026
ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު