Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ދައްކާގޮތުން، ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ވަނީ އެކަމާ ދެކޮޅު ހަދާފަ. ގާނޫނުއަސާސީގައި މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ފަދަ އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ މެންބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ރައްޔިތުންގެ ރުހުން ނުލިބޭ މިފަދަ ބިލްތައް ބާތިލްވާނެ ކަމަށް ގާނޫނުގައި އޮތްއިރު، މެންބަރުގެ ވާހަކަތަކަކީ ގާނޫނުއަސާސީ އޮޅުވާލުން ކަމަށް އާންމުން ދަނީ ބުނަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އެޕްރީލު 2026 | ހުކުރު 13:41
ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ | މަޖިލިސް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަކާ ނުލާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނަމަ ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބާރު އެމަނިކުފާނަށް ލިބޭ ކަމަށް ވިދާޅުވެ، ގާނޫނު އަސާސީ އޮޅުވާލައްވަން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަސައްކަތް ކުރައްވައިފި އެވެ. 

އޭޕްރީލް 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ވަނީ ނަގާފަ އެވެ. އެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު 148،859 މީހުން ބުނެފައި ވަނީ ދެ އިންތިޚާބު އެއްކޮށްލަން ބޭނުން ނުވާ ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 67،680 މީހުންނެވެ. 

Advertisement - newsAdvertisement

އެކަމާ ގުޅިގެން އެމްއެމްޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަ އެމަނިކުފާނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ނުގޮަސް ވެސް ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު ތަސްދީގު ކުރެވޭނެ އެވެ. އަދި ވިދާޅުވީ ކޮންމެހެން އެ ވޯޓަށް ނުގޮސް ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުން ދީފައިވާ ބާރުގެ ތެރެއިން ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަ ދެ އިންތިހާބު އެއްކޮށް ބޭއްވޭނެ ކަމަށެވެ. 

ޝުޖާއު އެހެން ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު ގައި ބަޔާން ކޮށްފައިވާ ގޮތުން ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ޖެހޭނެ އެެވެ. ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރެވެ. 

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ނަމަވެސް ގާނޫނުގައި ވާ ގޮތުން މަޖިލީހުގެ އުމުރާ ގުޅޭ މާއްދާފަދަ ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށް ބަޔާން ކުރެ އެވެ. 

އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ ކަމަށް ވެސް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާން ކުރެ އެވެ. 

ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގާނޫނުގައި ސާފު ކޮށް ލިޔެފައިވާ އެއްޗެއް އޮޅޭ ގޮތަށް ޝުޖާއު ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި ރެފަރެންޑަމް ވޯޓު ނެގީ ރައީސް މުއިއްޒުގެ ދީލަތިކަމުން ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭ ގޮތަށް މެންބަރު ދެއްކެވި ވާހަކަ ގިނަ ބަޔަކު ވަނީ ކުށްވެރި ވެސް ކޮށްފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް ސުޖާއުރައްޔިތުންގެ މަޖިލިސްޤާނޫނުއަސާސީބާރަށު ދާއިރާޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

10 އެޕްރީލު 2026

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި
10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
09 އެޕްރީލު 2026

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް
09 އެޕްރީލު 2026

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

09 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި
09 އެޕްރީލު 2026

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު