Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ފަހުގެ އިންތިޚާބުތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާތީ، ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި ކުރިއަށްދާން ބޭނުންނަމަ ރައްޔިތުންގެ އަޑުއަހައި މިސްރާބު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ބާރުތައް ދޫކޮށްލުމަށާއި، ވަޒީފާގެ ބިރުދެއްކުން ހުއްޓާލައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަންޖެހޭ ކަމަށް. މީގެ އިތުރުން މަޖިލީހުގެ ތަޅު ހުޅުވައި، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އިސްލާހުކުރުމަށް ވެސް ރައީސް ސޯލިހު ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 12:34
ރައީސް ޑރ.މުހައްމަދު މުއިއްޒު.

ރައީސް ޑރ.މުހައްމަދު މުއިއްޒު. | ރައީސް އޮފީސް

ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރަށް ވަރަށް ގިނަ މެސެޖްތައް ރައްޔިތުން ދީފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ މިސްރާބު ގޯސް ކަމަށާއި، ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. 

އެގޮތުން މިއަދު ރައީސް މުއިއްޒު ރައްޔިތުންގެ އަޑު އަހައި، ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައްޔިތުން އެ ދެއްކި ވާހަކަ، ރައްޔިތުން އެ ބުނި ވާހަކަތައް ވެރިޔަކަށް ހުންނަ މީހަކު އަޑުއަހަންޖެހޭ. އަޅުގަނޑު މި ދަންނަވަނީ އެ ވާހަކަ ރައީސް ޑރ. މުއިއްޒު އެބަ ޖެހިވަޑައިގަންނަވާ، ރައްޔިތުންގެ ދެއްކި ވާހަކަތައް އަޑުއަހަން. ސިޔާސަތުތައް ބަދަލުކުރަން އެބަޖެހޭ. ސަރުކާރު ހިނގާ މިސްރާބު ބަދަލުކުރަން އެބަޖެހޭ. ސަރުކާރުން ހިފަހައްޓާފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލަން އެބަޖެހޭ. ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި އޮތް ތަޅު ރައްޔިތުންގެ ދޫ ބަންދުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އެ ގެނައި ބަދަލު މިހާރުން މިހާރަށް އެބަޖެހޭ ބަދަލުކޮށް. އިސްލާހު އަނބުރާ ގެންނަން އެބަޖެހޭ. މިއީ ރައްޔިތުން އެ ދެއްކި ވާހަކައަކީ. ސަރުކާރުގެ މިސްރާބު ގޯހޭ. ސިޔާސަތުތައް ކަމަކުނުދެއޭ. މިއީ އަޑުއެހުން އެކަން ވެރިކަމުގައި ހުންނަ ބޭފުޅަކު އެބަ އައްސަވަންޖެހޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި އިންސާފުން ބޭރުން ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާ ކަމަށާއި، ވަޒީފާގެ ބިރު ވެސް ދައްކަމުންދާ ކަމަށެވެ. މިފަދަ ކަންކަން އިތުރަށް ގޯސް ކުރަމުންދާއިރު، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި ވެސް ވެރިކަމުގައި ހުންނަވަން ރައީސް މުއިއްޒު ބޭނުންފުޅުވާނަމަ ރައްޔިތުން އަޑު އަހައި، ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ވަޒީފާއަކުން ނޫން އެ މީހުން ކަނޑަންވީކީ. މަނިކުފާނު އިސްލާހުވާށޭ. އެއީ، އެންމެ ގައުމަށް އޮތް ގޮތަކީ. މިނިވަން މުއައްސަސާ މިނިވަންކަމާއެކީ ހިންގުމަށް ފުރުސަތު ދެއްވާށޭ. ފަނޑިޔާރުގެއަށް ބާރު ނުފޯރުވާށޭ. މި ކަންތައްތައް ތިމަންނަމެން ރައްޔިތުން ގަބޫލެއް ނުކުރަމޭ. ވެރިކަމުގެ ބާކީ މި އޮތް ދޭއް އަހަރާއި ބައި މަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ވަންޏާ، މި ކަންތައްތައް އިސްލާހު ކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާށޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަރަށް ގާތުން ގައުމުގައި ހިނގާ ކަންކަން ބަލާ ކަމަށާއި، އެކަންކަން ހަނދާނުގައި ބަހައްޓާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ހެޔޮވެރިއަކަށްވުމަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ.

އިބްރާހީމް މުޙައްމަދު ސޯލިޙުލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީރައްޔިތުންގެ މަޖިލިސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު

ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު

11 އެޕްރީލު 2026
 ދެވަނަ ބުރަށްދާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ދެވަނަ ބުރަށްދާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

11 އެޕްރީލު 2026
ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު