Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މި ސަރުކާރަށް 1 ލައްކައަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފި، ދެން ފައިބައިގެން ދޭ.....ދެން ލަލަލާ: ނާޒިލް

މަސްވެރިންނަށް ފައިސާ ދިނީ ޕީއެންސީން ކަމަށް ބުނެ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ނާޒިލް ވިދާޅުވީ، އެއީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ކޯލްޑް ސްޓޯރޭޖްގައި ހުރި މަސް ވިއްކައިގެން ލިބުނު ފައިސާ ކަމަށް. އަދި މި ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ޑިވެލޮޕްމަންޓް ބޭންކު ފަދަ ތަންތަނުން ވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން ހަގީގަތް ނޭނގޭ ކަންކަމުގައި ވާހަކަ ނުދެއްކުމަށް ނާޒިލް ވަނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 08:05
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް. | ރައްޔިތުންގެ މަޖިލިސް

މި ސަރުކާރަށް 2 އަހަރާ ބައިވެ، 3 އަހަރު ވަމުންދާއިރު، ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވާކަން ރައްޔިތުން ދައްކާ، މި ސަރުކާރަށް 148،000 އަށް ވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ މެންބަރުން ވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރު އޮތް އިރު ކަންކުރި ގޮތުގެ ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީ ގެ ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށާ މަސްވެރިންނަށް ފައިސާ ދިނީ ވެސް ޕީއެންސީ އިން ސަރުކާރާ ހަވާލު ވުމަށްފަހުގައި ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެކަމަށް ރައްދުދެއްވައި ނާޒިލް ވިދާޅުވީ ޕީއެންސީގެ މެންބަރުން އެމްޑީޕީ އޭ ކިޔައިގެން ވާހަކަދައްކަވަނީ  މިއަދު ބޮޑުތަނުން ބަލިވެ، ނިކަމެތިވެ، އަޅުންނަށް ވެފަ ތިބީމަ ކަމަށެވެ. އެފަދަ ހާލަތެއް އައުމުން  ދައްކާނެ ވާހަކަތައް ވަރަށް ގިނަ ވާނެ ކަމަށާ ނަމަވެސް ޕީއެންސީ އަށް އެމްޑީޕީގެ ކަންކަން ނޭނގޭނެ ކަމަށެވެ. 

މަސްވެރިންނަށް ފައިސާ ދިނީ ޕީއެންސީ އިން ކަމަށް މެންބަރުން ދެއްކެވި ވާހަކައަށް ރައްދުދެއްވައި ނާޒިލް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނީ އޭރު ކޯލްޑް ސްޓޯރޭޖްގައި ހުރި މަސް ވިއްކުމަށްފަހު އެއަށްވާ ފައިސާ އިން ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު އިރު ކޯލްޑް ސްޓޯރޭޖްގައި ހުރި މަސް ވިއްކާ އެއަށްވާ ފައިސާ ދިން އިރު އެއީ މަސްވެރިންގެ ހައްގެއް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. 

މަސްވެރިންގެ ހައްގު، މަސް ބާނާފަ އެ ކޯލްޑް ސްޓޯރޭޖްގަ ހުރި އެތިކޮޅު ވިއްކާފަ އެ ލާރިކޮޅު ލިބުނީމަ އެ ލާރިކޮޅު ދިނީ. މިއީ ހާލަތު. ނޭނގެންޏާ ނޭނގޭ ވާހަކަ ނުދައްކާނީ. ތިމަންނައަށް އެނގޭކަހަލަ ވާހަކަ ދައްކާނީ. މަސްވެރި ވާހަކަ ނުދައްކާނީ. ދައްކަން އެނގޭ އެހެން ވާހަކަ ހުންނާނެ. އެވާހަކަ ދެއްކިއްޔާ މާ ރަނގަޅު. ޑިވެލޮޕްމަންޓް ބޭންކެއް ހަދައިފި. ވީކަމެއް ހާރަމުން ހަރާން. ވަން ތަނެއް، ދޮރު ވެސް ނުުހުޅުވާ. ކޯޗެއްތޯ ޑިވެލޮޕް ކުރެވުނީ. ވެރިކަމަށް އައިތާ 2 އަހަރާ ބައި 3 އަހަރު ވަމުންދަނީ ރައްޔިތަކަށް ކަމެއް ކޮށް ނުދެވޭ ކަން ރައްޔިތުން އެއޮތީ ދައްކަދީފަ. ނޫނެކޭ ބޮޑުތަނުން 148،000 އެތައް ބަޔަކު އެއޮތީ ނޫނެކޭ ބުނެފަ. ނޫނެކޭ.. ދެން ފައިބައިގެން ދޭ...ދެން ލަލަލާ. 
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ތަޅުމުގައި ދައްކަވަން ވާނީ އެ މެންބަރަކަށް ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ކަމަށެވެ. މިއަދު މި ސަރުކާރަށް 3 އަހަރު ވަމުންދާއިރު، ރައްޔިތަކަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާ، ކަމެއް ކޮށް ދެވިފައި ނުވާކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެގޮތުން އެތައް ބަޔަކު މި ސަރުކާރަށް ނޫނެކޭ ބުނުމުން އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

އިބްރާހިމް ނާޒިލްހިތަދޫ ދެކުނުއެމްޑީޕީޕީއެންސީރައްޔިތުންގެ މަޖިލިސްމަޖިލިސް20

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލުމަކީ ސިޔާސީ ޒަލްޒަލާއެއްގެ ފެށުން: ސިނާން

13 އެޕްރީލު 2026
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑިރެކްޓަރ މައުރޫފްގެ މަޤާމް އިއާދަކޮށްފި

އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބުރޭ އާއި ލީގަލް ޑިރެކްޓަރ މައުރޫފްގެ މަޤާމް އިއާދަކޮށްފި

11 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު