އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
އެމެރިކާ އިން ވަކި ޝަރުތު ތަކެއް ކުރިއަށް ނެރޭ ނަމަ، އީރާން އިން ވެސް ޝަރުތު ތަކެއް ކަނޑަ އަޅާނެ ކަމަށް އޭނާ ވިދާޅުވި. އީރާންގެ ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާގެ އެއްވެސް އިންޒާރަކަށް އަދި އެމެރިކާގެ އެއްވެސް ބިރު ދެއްކުމަކަށް އީރާން އިން ބޯ ގުދު ނުކުރާނެ ކަމަށް ޣަލިބާފް ވިދާޅުވެފައިވާ ކަމަށް.


އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް
ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައި ވީ ނަމަވެސް، އެމެރިކާގެ ބިރު ދެއްކުން ތަކަށް އީރާން އިން ބޯ ގުދު ނުކުރާނެ ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި، އީރާންގެ ވަފުދުގައި ވެސް ޣަލިބާފް ހިމެނި ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމަށް ފަހު އެނބުރި އީރާން އަށް ވަޑައިގެން ޣަލިބާފް ވިދާޅުވީ، އެމެރިކާ އިން ހަނގުރާމަ ކުރާ ނަަމަ، އީރާން އިން ވެސް ހަނގުރާމަ ކުރާނެ ކަަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި
މީގެ އިތުރުން އެމެރިކާ އިން ވަކި ޝަރުތު ތަކެއް ކުރިއަށް ނެރޭ ނަމަ، އީރާން އިން ވެސް ޝަރުތު ތަކެއް ކަނޑަ އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އީރާންގެ ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާގެ އެއްވެސް އިންޒާރަކަށް އަދި އެމެރިކާގެ އެއްވެސް ބިރު ދެއްކުމަކަށް އީރާން އިން ބޯ ގުދު ނުކުރާނެ ކަމަށް ޣަލިބާފް ވިދާޅުވެފައިވާ ކަމަށެވެ.
އެމެރިކާ އާއި އީރާންއާ ދެމެދު ޕާކިސްތާންގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމުނީ، އެއްވެސް އެއްބަސްވުމެއް ޤާއިމު ނުކުރެވި އެވެ. މަޝްވަރާ ތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި، އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ އީރާން އިން އެމެރިކާގެ އެއްވެސް ޝަރުތެއް ޤަބޫލު ކޮށްފައި ނުވާ ކަމަށެވެ.
މަސްދަރު: އެޖެންސީސް






