Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، އެމެރިކާ އާއި އީރާން އިން ވެސް މަޝްވަރާ ތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް. ނަމަވެސް، އީރާން އިން އެމެރިކާގެ އެއްވެސް ޝަރުތެއް ޤަބޫލު ކޮށްފައި ނުވާ ކަމަށް ވޭންސް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އެޕްރީލު 2026 | އާދީއްތަ 04:36
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުން، އެއްބަސްވުމެއް ޤާއިމު ނުކުރެވި ބައްދަލުވުން ނިންމާލައިފި އެވެ. 

ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އެއްބަސްވުމަކަށް ނާދެވުމަކީ އެމެރިކާ އާއި އީރާން އަށް ވެސް ގެއްލުމަކަށް ވާނެ އެވެ. ވޭންސް ވިދާޅުވީ ގާތް ގަނޑަކަށް 21 ގަޑިއިރަށް ދެމިގެން ދިޔަ މަޝްވަރާ ތަކުން ވެސް އެއްބަސްވުމެއް ހޯދިފައި ނެތް ކަމަށެވެ. 

މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، އެމެރިކާ އާއި އީރާން އިން ވެސް މަޝްވަރާ ތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް، އީރާން އިން އެމެރިކާގެ އެއްވެސް ޝަރުތެއް ޤަބޫލު ކޮށްފައި ނުވާ ކަމަށް ވޭންސް ފާހަގަ ކުރެއްވި އެވެ. އެއާ އެކު ވޭންސް ވިދާޅުވެފައި ވަނީ، މަޝްވަރާ ތަކުގައި ޕާކިސްތާން އިން ވަރަށް ރަނގަޅަށް އަދި އެހާމެ މޮޅަށް މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ޤައުމުގެ ސިފައިންގެ އިސް އޮފިސަރުންނަށް ޝުކުރު އަދާ ކުރައްވަމުން ވޭންސް ވިދާޅުވީ، ފުރިހަމަ މަޝްވަރާއެއް ކުރިއަށް ގެންދިޔުމަށް އެ ބޭފުޅުން ވަރަށް ބޮޑު އިސް ދައުރެއް އަދާ ކުރެއްވި ކަމަށެވެ. އަދި މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބުނީ ޕާކިސްތާންގެ މައްސަލަ އަކުން ނޫން ކަމަށް ފާހަގަ ކުރައްވައި ވޭންސް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް ޕާކިސްތާން އިން ވަރަށް މަސައްކަތް ކުރި ކަމަށެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތައް ގާތް ގަނޑަކަށް 12 ގަޑިއިރަށް ދެމިގެން ދިޔައިރު، ވޭންސް ވިދާޅުވީ ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރެވިފައި ވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެއީ މަޝްވަރާ ތަކުން ލިބުނު ރަނގަޅު ޚަބަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމަ އެއާ އެކު، ނުރަނގަޅު ޚަބަރަކީ އެއްވެސް އެއްބަސްވުމެއް ޤާއިމު ނުކުރެވުން ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވޭންސް ވިދާޅުވީ، އެމެރިކާގެ ރަތް ރޮނގު ތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް ހާމަ ކޮށްފައިވާ ކަމަށާއި، އީރާން އާއެކު އެއްބަސްވެވޭނެ ކަންކަން ވެސް އެމެރިކާ އިން ހާމަ ކޮށްފައި ވާނެ ކަމަށެވެ. އަދި އެއްބަސް ނުވެވޭނެ ކަންކަން ވެސް ބުނެދީފައި ވާނެ ކަމަށާއި، އެމެރިކާ އިން ހުރިހާ ކަމެއް ސާފު ކޮށްދީފައި ވާނެ ކަމަށް ވޭންސް ވިދާޅުވި އެވެ. ނަމަވެސް، އީރާން އިން ނިންމާފައި ވަނީ އެމެރިކާގެ ޝަރުތުތައް ޤަބޫލު ނުކުރަން ކަަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ އާއި އީރާާންއާ ދެމެދު އެއްބަސްވުމަކަށް ނާދެވި މަޝްވަރާ ބަައްދަލުވުން ނިމިފައިވާއިރު، ވޭންސް މިހާރު ވަނީ އެނބުރި އެމެރިކާ އަށް ފުރައި ވަޑައިގެންފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ
11 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް
11 އެޕްރީލު 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި
11 އެޕްރީލު 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި
11 އެޕްރީލު 2026

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

11 އެޕްރީލު 2026
ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު