Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

ޣަލިބާފް އާއި އަރާގްޗީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންފައިވާއިރު، އީރާންގެ ވަފުދުގައި އެންމެ އިސްކޮށް ތިއްބަވާނީ މި ދެ ބޭފުޅުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2026 | ހޮނިހިރު 03:29
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ވަފުދު ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ތެރެއިން.

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ވަފުދު ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ތެރެއިން. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އާއި އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި އެވެ. 

ޣަލިބާފް އާއި އަރާގްޗީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންފައިވާއިރު، އީރާންގެ ވަފުދުގައި އެންމެ އިސްކޮށް ތިއްބަ ވާނީ މި ދެ ބޭފުޅުންނެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ގިނަ ވާހަކަ ތަކެއް ދެކެވޭނެ އެވެ. 

މީގެ އިތުރުން މި ބައްދަލުވުމުގައި އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަކީ އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. ނަމަވެސް، އީރާން އިން ބުނަމުން އަންނަނީ އެއީ އެ ޤައުމުން ސުލްޙަވެރި ބޭނުން ތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. 

އީރާންގެ ވަފުދު ޕާކިސްތާން އަށް ވަޑައިގެންނެވުމާ އެކު، ޕާކިސްތާން ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ވަފުދަށް މަރުހަބާ ދަންނަވައިފަ އެވެ. މި ބައްދަލުވުމުގެ ނަތީޖާ އަކީ ސަރަހައްދުގައި ސުލްޙަ އާއި އަމާންކަން ޤާއިމު ކުރުން ކަމަށް ބުނެފައިވެ އެވެ. ޕާކިސްތާންގެ ސަރުކާރުން ވަނީ މި ބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފައި އެވެ. 

ޕާކިސްތާންގައި އޮންނަ ބައްދަލުވުމުގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ސިޔާސީ އަދި އިޤްތިޞާދީ ނުަތަނަވަސްކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ބާގިރު ގަލިބާފްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

11 އެޕްރީލު 2026
ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް
11 އެޕްރީލު 2026

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

11 އެޕްރީލު 2026
ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި
11 އެޕްރީލު 2026

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

11 އެޕްރީލު 2026
ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް
10 އެޕްރީލު 2026

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

10 އެޕްރީލު 2026
އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު
10 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު