Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

މި މައުލޫމާތު ހާމަ ކުރައްވަމުން އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވީ، އެއްބަސްވުމަކަށް އައުމުގެ ކުރިން އެމެރިކާ އިން ބޭނުންވާ ކަންކަން ހުރި ކަމަށް. އޭގެ ތެރެއިން އެއް ކަމަކީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 04:41
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ރޮއިޓާސް

އީރާންގެ ނިއުކްލިއާ މައްސަލައިގައި، އެ ޤައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަމާއި، އެކަމުގެ ސާފު ޖަވާބެއް އެމެރިކާ އިން ބޭނުންވާ ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ. 

ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމިފައިވާއިރު، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރެވިފައި ނުވެ އެވެ. އެމެރިކާގެ ޝަރުތުތައް އީރާން އިން ޤަބޫލު ކޮށްފައި ނުވާއިރު، އީރާން އިން އެއްބަސްވެފައި ނުވަނީ ކޮން ޝަރުތު ތަކަށްތޯ ސުވާލު ކުރުމުން ވޭންސް ވިދާޅުވީ، އެކަމުގެ ތަފްސީލު ދެއްވަން ބޭނުން ނުވާ ކަމަށެވެ. 

ނަމަވެސް، އެމެރިކާ އިން ބޭނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އީރާން އިން ނުކުރާނެ ކަމުގެ ޔަޤީންކަމާއި، ކަށަވަރުކަން ކަަމަށް ވޭންސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މި މައުލޫމާތު ހާމަ ކުރައްވަމުން އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވީ، އެއްބަސްވުމަކަށް އައުމުގެ ކުރިން އެމެރިކާ އިން ބޭނުންވާ ކަންކަން ހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމެވެ. އަދި ހަމަ އެހެންމެ، ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް މަގު ފަހި ވާނެ ފަދަ ވަސީލަތްތައް ހޯދުމަށް ވެސް އެ ޤައުމުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވޭންސް ވިދާޅުވި އެވެ. 

އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ މުހިންމު އަމާޒު ކަމަށާއި، ކުރިއަށްދާ މަޝްވަރާ ތަކުގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ނަތީޖާ އަކީ އެއީ ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ. މަޝްވަރާ ތަކުގައި އެމެރިކާގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ވޭންސް އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، އެ ޤައުމުގައި ކުރިން ހުުރި ޔުރޭނިއަމް މުއްސަނދި ކުރާ މަރުކަޒުތައް މިހާރު ވަނީ ހަލާކުވެފައި ކަމަށެވެ. ނަމަވެސް މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދުރުގައި ތިބުމަށް އީރާންގެ ކިބައިގައި ހަގީގީ އަޒުމެއް ނުވަތަ ނިޔަތެއް އޮތްތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާން އިން ވަނީ ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފަ އެވެ. މި މުއްދަތުގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ނިންމާލުމާ މެދު ދެ ޤައުމުން އެއްބަސްވުމަކަށް ދާން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

12 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު