Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

ހޮނިހިރު ދުވަހު ވޭންސް ވަނީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންފައި. އެމެރިކާގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ވޭންސް އެވެ. ވޭންސްގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ ވެސް ވަނީ ޕާކިސްތާން އަށް ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2026 | ހޮނިހިރު 09:55
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ތެރެއިން.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ޕާކިސްތާން އަށް ވަޑައިގެންނެވުމުގެ ތެރެއިން. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހު ވޭންސް ވަނީ ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް ވަޑައިގެންފަ އެވެ. އެމެރިކާގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ވޭންސް އެވެ. ވޭންސްގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ ވެސް ވަނީ ޕާކިސްތާން އަށް ވަޑައިގެންފަ އެވެ. 

މި މަޝްވަރާ ތަކުގައި އީރާންގެ ފަރާތުން ބައިވެރި ވަނީ އެ ޤައުމުގެ ޤާނޫނު ޖަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އާއި، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ. އެ ބޭފުޅުން ވެސް ވަނީ މިހާރު ޕާކިސްތާން އަށް ވަޑައިގެންފަ އެވެ. މަޝްވަރާ ތަކުގައި ބައިވެރިވާ އީރާން އާއި އެމެރިކާގެ ވަފުދަށް މަރުޙަބާ ދަންނަވާފައި ވަނީ ޕާކިސްތާންގެ އާމީ ޗީފް އާސިމް މުނީރް އެވެ. އާސިމް މުނީރު އަކީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ވެސް ގާތް ގުޅުމެއް އޮަންނަ ބޭފުޅެކެވެ. 

އެމެރިކާގެ ނައިބު ރައީސް ވޭންސް ޕާކިސްތާންގެ ޚާން އެއާ ބޭސް އަށް ވަޑައިގެންނެވުމާ އެކު، ޕާކިސްތާން އިން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވައިފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މި ފެށޭ މަޝްވަރާ ތަކުގެ މައިގަނޑު ބޭނުމަކީ، ހަ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެފައިވާ އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. މި ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ އެކި ސަރަހައްދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި
11 އެޕްރީލު 2026

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

11 އެޕްރީލު 2026
ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް
11 އެޕްރީލު 2026

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

11 އެޕްރީލު 2026
ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި
11 އެޕްރީލު 2026

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

11 އެޕްރީލު 2026
ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް
10 އެޕްރީލު 2026

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

10 އެޕްރީލު 2026
އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު