Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

އަރާގްޗީ ވަނީ، އެމެރިކާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވައުދުތަކާ ޚިލާފު ވެފައިވާ ޤައުމެއް ކަމަށް ފާހަގަ ކުރައްވާފައި. އޭނާ ވިދާޅުވީ އެެމެރިކާ އިން ވަނީ ޑިޕްލޮމެސީގެ އުސޫލުތަކާ ޚިލާފުވެ، ޚިޔާނާތްތެރި ވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2026 | ހޮނިހިރު 10:01
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

ހަނގުރާމަ ހުއްޓާލުމަށް އީރާން އިން އެމެރިކާ އާއެކު މަޝްވަރާ ކުރި ނަމަވެސް، އެމެރިކާ އަށް އިތުބާރެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އީރާންގެ މެހެރު ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލްއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަައިގަ އެވެ. މި ބައްދަލުވުމުގައި އަރާގްޗީ ވަނީ އެމެރިކާ މެދު އީރާން އިން ގެންގުޅޭ ހަރުކަށި ސިޔާސަތު ތަކަށް އަލި އަޅުވާލައްވައިފަ އެވެ. 

އަރާގްޗީ ވިދާޅުވީ އީރާންގެ ރައްޔިތުންގެ ހައްގުތަކާއި، މަސްލަޙަތު ހިމާޔަތް ކުރުމަށްޓަކައި ފުރިހަމަ ބާރާ އެކު އީރާން އިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމެރިކާ އާއެކު ބާއްވާ މަޝްވަރާ ތަކުގައި އީރާން އިން ދޫ ނުދޭނެ ކަމުގެ ޔަޤީންކަން ވެސް އަރާގްޗީ ވަނީ ދެއްވައިފަ އެވެ. 

މީގެ އިތުރުން އަރާގްޗީ ވަނީ، އެމެރިކާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވައުދުތަކާ ޚިލާފު ވެފައިވާ ޤައުމެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެެމެރިކާ އިން ވަނީ ޑިޕްލޮމެސީގެ އުސޫލުތަކާ ޚިލާފުވެ، ޚިޔާނާތްތެރި ވެފައި އެވެ. އެހެންކަމުން އެމެރިކާ އަށް އިތުބާާރު ކުރުމަކީ މިވަގުތު އީރާން އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ.

އީރާން އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް
11 އެޕްރީލު 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި
11 އެޕްރީލު 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި
11 އެޕްރީލު 2026

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

11 އެޕްރީލު 2026
ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް
11 އެޕްރީލު 2026

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

11 އެޕްރީލު 2026
ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު