Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

އީރާންގެ ވެރި ރަށް ތެހެރާންގެ މެދު ތެރޭގައި ހުންނަ ރޫހީ ލީޑަރުގެ ގަނޑުވަރަށް ދިން މި ހަމަލާގައި، މުޖުތަބާ ޚާމަނާއީގެ މޫނަށް ބޮޑެތި ގެއްލުން ތަކެއް ލިބި، ސިފަ ބަދަލުވެފައިވާއިރު، އެމަނިކުފާނުގެ އެއް ފައި ނުވަތަ ދެ ފަޔަށް ވެސް ބޮޑެތި ޒަޚަމު ތަކެއް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 09:56
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނައީ

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނައީ | ރޮއިޓާސް

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފަޔަށް ބޮޑެތި ޒަޚަމު ތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނުގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފި އެވެ.

ރޮއިޓާސްގައި ބުނެފައި ވަނީ މި ޒަޚަމު ތަކަކީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީ ކޮޅު ދިން ހަމަލާ ތަކެއްގެ ސަބަބުން ލިބިފައިވާ ޒަޚަމުތަކެކެވެ. އެގޮތުން އީރާންގެ ކުރީގެ ރޫހީ ލީޑަރު އަދި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލަން ދިން ހަމަލާގައި މުޖުތަބާ ޚާމަނާއީ އަށް ވެސް އަނިޔާވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އީރާންގެ ވެރި ރަށް ތެހެރާންގެ މެދު ތެރޭގައި ހުންނަ ރޫހީ ލީޑަރުގެ ގަނޑުވަރަށް ދިން މި ހަމަލާގައި، މުޖުތަބާ ޚާމަނާއީގެ މޫނަށް ބޮޑެތި ގެއްލުން ތަކެއް ލިބި، ސިފަ ބަދަލުވެފައިވާއިރު، އެމަނިކުފާނުގެ އެއް ފައި ނުވަތަ ދެ ފަޔަށް ވެސް ބޮޑެތި ޒަޚަމު ތަކެއް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ރޮއިޓާސް އިން މި ޚަބަރު ރިޕޯޓު ކޮށްފައި ވަނީ ތިން މަސްދަރަކާ ހަވާލާދީ އެވެ.

އުމުރުފުޅުން 58 އަހަރުގެ މުޖުތަބާ ޚާމަނާއީ މިހާރު އަންނަނީ، އެމަނިކުފާނަށް ލިބިފައިވާ އަނިޔާ ތަކުން ފަސޭހަ ވަމުން ކަމަށާއި، އެމަނިކުފާނުގެ ޙާލު ކޮޅު މިހާރު ރަނގަޅު ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީގެ އިތުރުން، މިވަގުތު އެމަނިކުފާނު މުހިންމު ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން އަންނަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، ހަނގުރާމަ އާއި އެމެރިކާ އާއެކު ކުރެވޭ މަޝްވަރާ ތަކުގައި އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ބުނެފަ އެވެ. 

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަ ކޮށްލުމާ އެކު، އީރާންގެ ރޫހީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރެއްވި ފަހުން މިހާތަނަށް އެމަނިކުފާނު އާންމުންގެ ތެރެއިން ފެނިވަޑައިގެންފައި ނުވެ އެވެ. އަދި އެމަނިކުފާނުގެ ފޮޓޯއެއް، ނުވަތަ ވީޑިއޯއެއް ވެސް މިހާތަނަށް އާންމު ކޮށްފައި ނުވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ޕާކިސްތާންގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލާފައިވާއިރު، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މެދުވެރިންް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އާއި ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026
ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

11 އެޕްރީލު 2026
ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

11 އެޕްރީލު 2026
ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު