Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެ: އީރާން

އީރާންގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ބަޣާއީ ވިދާޅުވީ، މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ 40 ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ހަނގުރާމަ އަކަށް ފަހު ކަމަށާއި، މަޝްވަރާ ބާއްވާފައި ވަނީ އިތުބާރު ނެތުމާއި، ޝައްކު އޮތް މާހައުލެއްގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އެޕްރީލު 2026 | އާދީއްތަ 07:03
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ | ރޮއިޓާސް

އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދު ނުކުރާނެ ކަމަށް ބުނެ، އީރާން އިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އަށް ރައްދު ދީފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ މިހެން ވިދާޅުވެފައި ވަނީ، ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުން އެއްބަސްވުމެއް ޤާއިމު ނުކުރެވުނު ކަމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވެފައި ވަނިކޮށެވެ.

އީރާންގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ބަޣާއީ ވިދާޅުވީ، މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ 40 ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ހަނގުރާމަ އަކަށް ފަހު ކަމަށާއި، މަޝްވަރާ ބާއްވާފައި ވަނީ އިތުބާރު ނެތުމާއި، ޝައްކު އޮތް މާހައުލެއްގައި ކަމަށެވެ. އެހެންކަމުން، އެންމެ ފުރަތަމަ ބައްދަލުވުމުން އެއްބަސްވުމަކަށް ވާސިލުވުމަށް އެއްވެސް މީހަކު އުންމީދެއް ވެސް ނުކުރާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ. 

މީގެ އިތުރުން ބަޣާއީ ވިދާޅުވީ، މި ވާހަކަ ތަކުން ކާމިޔާބު ހާސިލު ވާނީ ކޮންމެ ފަރާތަކުން ވެސް ސީރިއަސް ކަމާ އެކު ހެޔޮ ނިޔަތުގައި މަސައްކަތް ކުރުމުގެ އިތުރުން، އީރާންގެ ހައްގުތަކާއި އެ ޤައުމުގެ މަސްލަޙަތު ޤަބޫލު ކުރުމުގެ މައްޗަށް ކަމަށެވެ. އީރާންގެ ޝަރުއީ ހައްގުތަކާއި މަސްލަހަތު ޤަބޫލު ކުރުމަކީ، މި ވާހަކަ ތަކުން ކާމިޔާބަށް ވާސިލުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ވާހަކަ ދެއްކުން ބާއްވާފައިވާއިރު، ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ގޯސްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ޚާއްސަކޮށް އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާންގެ އިސް ލީޑަރުން ތަކެއް އަވަހަރާ ކޮށްލާފައިވާއިރު، އީރާން އިން އޮތީ އެމެރިކާ އާއި އިޒްރޭލް އަށް ދޫދޭ ގޮތަކަށް ނޫނެވެ. 

ބަޣާއީގެ ވާހަކަ ތަކުން ދޭހަ ވަނީ ދެ ޤައުމުގެ ދެ މެދުގައި ވާހަކަތައް ކުރިއަށް ދިޔުމާއިި، ބައެއް ކަންކަމުގައި ހަމަޖެހުމަކަށް ވާސިލުވެފައިވާ ކަމެވެ. އެހެން ނަމަވެސް، އަދި ވެސް މުހިންމު މައްސަލަ ތަކުގައި ދެ ޤައުމުގެ ޚިޔާލު ތަފާތުވާތީ، އިތުރު ވާހަކަ ތަކެއް ދެކެވޭނެ ކަަމށް ބެލެވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާޢީލް ބަޣާއީ

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި

12 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި
12 އެޕްރީލު 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

12 އެޕްރީލު 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް
12 އެޕްރީލު 2026

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

12 އެޕްރީލު 2026
އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް
11 އެޕްރީލު 2026

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ
11 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު