Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި

ވޭންސް ވިދާޅުވީ، އެމެރިކާގެ އެ ހުށަހެޅުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ދެބަސްވުން ތަަކަށް ހައްލު ހޯދުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް. އަދި މި ހުށަހެޅުން އީރާން އިން ޤަބޫލު ކުރާނެތޯ ނުވަތަ، ނޫންތޯ ކުރިއަށް އޮތް ތަނުގައި އެނގިގެން ދާނެ ކަމަށް ވެސް ވޭންސް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 04:50
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވަފުދުގެ އެންމެ އިސް ވެރިޔަަކަށް ހުންނެވި ވޭންސް މިހެން ވިދާޅުވެފައި ވަނީ، މަޝްވަރާ ތަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. 

ވޭންސް ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތު މަޝްވަރާ ކުރާ އެމެރިކާގެ ޓީމުން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މެދު ކެނޑުމެއް ނެތި ގުޅުއްވަމުން ގެންދެވި ކަމަށެވެ. އެގޮތުން މަޝްވަރާ ތަކުގައި ހޭދަވި 21 ގަޑިއިރުގެ ތެރޭގައި އެކި ފަހަރު މަތިން އެމެރިކާގެ ރައީސް ޓްރަމްޕްއާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި، ގާތް ގަނޑަަކަށް ހަ ފަަހަރު ނުވަތަ 12 ފަހަރު ޓްރަމްޕްއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވޭންސް ވިދާޅުވި އެވެ. 

މަޝްވަރާ ތަކުގެ ތަފްސީލަށް އަލިއަޅުވާލައްވަމުން ވޭންސް ވިދާޅުވީ، އެމެރިކާގެ ޓީމުން މަޝްވަރާ ތަކުގައި ބައިވެރިވެފައި ވަނީ އިޚުލާސްތެރިކަމާ އެކު ކަމަށެވެ. އަދި މިހާރު އެމެރިކާ އިން ހުށަހަޅާފައި ވަނީ ވަރަށް ސާދާ ހުށަހެޅުމެއް ކަމަށާއި، މިއީ އެމެރިކާގެ ފަރާތުން ހުށަހަޅާނެ އެންމެ ފަހުގެ އަދި އެންމެ ފުރިހަމަ ހުށަހެޅުން ކަމަށް ވެސް ވޭންްސް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ވޭންސް ވިދާޅުވީ، އެމެރިކާގެ އެ ހުށަހެޅުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ދެބަސްވުން ތަަކަށް ހައްލު ހޯދުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. އަދި މި ހުށަހެޅުން އީރާން އިން ޤަބޫލު ކުރާނެތޯ ނުވަތަ، ނޫންތޯ ކުރިއަށް އޮތް ތަނުގައި އެނގިގެން ދާނެ ކަމަށް ވެސް ވޭންސް ފާހަގަ ކުރެއްވި އެވެ. 

އެެމެރިކާގެ ނައިބު ރައީސް ވޭންސްގެ މި ވާހަކަ ތަކުން ސާފު ވަނީ، އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި އެމެރިކާ އިން އިތުރު ދޫތަކެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތު މި ހުށަހެޅުމުން ހާމަވެގެންދާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

12 އެޕްރީލު 2026
އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

12 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ވެސް ޕާކިސްތާން އަށް ވަޑައިގެންފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު