Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މަތީ ދެމި ތިބުމަށް، އެމެރިކާ އާއި އީރާން އަށް ޕާކިސްތާން އިން ގޮވާލައިފި

އޭނާ ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގައި ޕާކިސްތާން އިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި، އެކަން ކުރުމުގައި އެ ޤައުމު ދެމި އޮންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އެޕްރީލު 2026 | އާދީއްތަ 07:13
ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނަައިބު އިސްހާގް ދާރް

ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނަައިބު އިސްހާގް ދާރް | ރޮއިޓާސް

އެމެރިކާ އާއި އީރާން އިން ވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މަތީ ގައި ދެމި ތިބުމަށް ޕާކިސްތާން އިން ގޮވާލައިފި އެވެ.

ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި، ދެ ފަރާތަށް ވެސް އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. އެ މަޝްވަރާ ތަކުގެ ފަހުން ޕާކިސްތާންގެ ބޮޑު ވަޒީރުގެ ނައިބު އަދި އެ ޤައުމުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރް ވިދާޅުވީ، ހަނގުރާމަ ހުއްޓުމަށް ވެފައިވާ އެއްބަސްވުމަށް ދެ ޤައުމުން ވެސް ވަފާތެރިވާން ޖެހޭ ކަމަށެވެ.

މެދު އިރުމަތީގެ ސަރަހައްދުގެ އިތުރުން، ދުނިޔޭގެ އެހެނިހެން ހިސާބު ތަކަށް ދެމެހެއްޓެނިވި ސުލްޙަ އާއި ތަރައްޤީ ގެނެސްދިނުމަށް ދެ ފަރާތުން ވެސް ހިތްހެޔޮ ނިޔަތެއްގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އިސްހާގް ދާރް ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގައި ޕާކިސްތާން އިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި، އެކަން ކުރުމުގައި އެ ޤައުމު ދެމި އޮންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި މަޝްވަރާތައް ފަސޭހަ ކޮށްދިނުމަށް ޕާކިސްތާން އަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހަނގުރާމަ ހުއްޓުމަށް ޕާކިސްތާން އިން ކުރި މަސައްކަތަށް އެމެރިކާ އާއި އީރާން އިން ވެސް ޝުކުރު އަދާ ކޮށްފައިވާއިރު، އިސްހާގް ދާރް ވަނީ އެ ދެ ޤައުމަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާން އިން ކުރި މަސައްކަތަށް އެމެރިކާ އާއި އީރާން އިން އިޙުތިރާމް ކުރި ކަމަށާއި، އެކަމަށްޓަކައި އެ ދެ ޤައުމަށް ޝުކުރުވެރިވާ ކަމަށެވެ. 

އިތުރަށް އޭނާ  ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާން އިން ވެސް ހިތް ހެޔޮ ނިޔަތުގައި މަސައްކަތް ކުރުން ކުރިއަށް ގެންދަވައި، ސުލްޙަވެރިކަން ޤާއިމު ކުރުމަށް އުންމީދު ކުރައްވާ ކަަމށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންއިސްހާގް ދާރް

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެ: އީރާން

12 އެޕްރީލު 2026
އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެ: އީރާން
12 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި

12 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި
12 އެޕްރީލު 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

12 އެޕްރީލު 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް
12 އެޕްރީލު 2026

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

12 އެޕްރީލު 2026
އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް
11 އެޕްރީލު 2026

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު