Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތ.ގާދިއްފުށި ބިން ހިއްކުން

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

ތ. ގާދިއްފުށިން 11 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މި މަސައްކަތަށް ގާތްގަނޑަކަށް 110.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވުމާ ގުޅިގެން، ބިން ހިއްކުމަށް ގެންދިޔަ ސާމާނުތައް އަނބުރާ ގެންދަން އުޅޭ ކަމުގެ ޝަކުވާ ރަށުގެ ބައެއް ރައްޔިތުން ވަނީ ކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ބްރޭކްވޯޓަރ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2026 | ހުކުރު 14:03
ތ.ގާދިއްފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނޭ

ތ.ގާދިއްފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނޭ | މުއިއްޒު

2024 ވަނަ އަހަރު ފަށަން ބުނި ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް  2 އަހަރު ފަހުން  ފަށައިފި އެވެ. 

އެކަން ހާމަކުރެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހު  އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށަށް ވަޑައިގެންނެވި އިރު ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ ރަށުގެ ބިން ހިއްކުން އެ އަހަރު ފައްޓަވާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށި ކަމަށް ސަރުކާރުން ހޮނިހިރު ދުވަހު އިއުލާންކޮށްފައި ވާއިރު އެ ރަށް ބިންހިއްކުމަށް ބޭނުންވާ ތަކެތި ގެންގޮސްގެން ނިމިދިޔަ އިންތިޚާބާއި ދިމާކޮށް މަސައްކަތް ކުރި ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފައި ވަނީ މި ވެރިކަމުގެ ތެރޭގަ އެވެ. ނިމިދިޔަ އިންތިޚާބާއި ދިމާކޮށް އެތަން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި ތ. ގާދިއްފުށިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ބައްޔަށް ފަހު އެ ރަށް ހިއްކުމަށް ގެންގޮސްފައިވާ ތަކެއްޗާއި، ވަސީލަތްތައް އެ ރަށުން އަނބުރާ ގެންދަން މަސައްކަތް ކުރި ކަމަށް އާއްމުން ވަނީ ބުނެފަ އެވެ. 

ތ. ގާދިއްފުށީގައި މިހާރު އޮތީ ޕީއެންސީގެ ކައުންސިލެއް ކަމަށް ވީ ނަމަވެސް ކައުންސިލް އިންތިޚާބުގެ އެއްވެސް ގޮނޑި އެއް އެ ޕާޓީ އަށް ކާމިޔާބު ވެފަ އެއް ނުވެ އެވެ. އާ ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ކައުންސިލަށް ހޮވުނު މެމްބަރުންނަކީ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު މުއާޒް، ދެ މެމްބަރުންނަކީ މުހައްމަދު ހަސަން އަދި ޒުލޭހާ އަހުމަދު އެވެ.

ކައުންސިލަށް ޕީއެންސީ ނުހޮވުމާއި އެކު އެ ތަނުގައި ތިބި މީހުން އަނބުރާ ގެންދިއުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ. އަދި ބިން ހިއްކުމަށް ރޭގަނޑު މަސައްކަތް ކުރަން ގެންގުޅޭ ލައިޓާއި އެހެނިހެން ސާމާނު ވެސް އަނބުރާ ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ ރަށުން މައުލޫމާތި ދިން އިތުރު މީހަކު ބުނީ ޕީއެންސީ ނުހޮވުނު ހިސާބުން އެ ރަށުގައި ހުރި ބިންހިއްކަން ގެންދިޔަ ތަކެތި އަނބުރާ ފޮނުވާލަންވީ ކަމަށް ބުނެ ޕީއެންސީ އިން ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެ ބިރުދެއްކުމާއި އެއްގޮތަށް ތަކެތި އަނބުރާ ގެންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަނބުރާ ގެންދިއުމަށްޓަކައި ބަނދަރުމައްޗަށް ތަކެތި އެއްކޮށްފައިވާ މަންޒަރު ފެނުނު ކަމަށް އޭނާ ވަނީ ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ހަވީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާދިއްފުށި ބިން ހިއްކުމުގެ މި މަޝްރޫޢުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފަ އެވެ. އަދި އެ މަސައްކަތަށް ހޭދަ ވާނީ  10 ދުވަސްކަމަށާއި މި މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި އެވެ. 110,455,574.40 ރުފިޔާގެ އަގަކަށް ހަވާލުކޮށްފައިވާ މި ކޮންޓްރެކްޓްގެ މުއްދަތަކީ 540 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 10 ހެކްޓަރުގެ ބިން ހިއްކުން (390،701 ކޮޑިމީޓަރު ވެލިން)މާއި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރޖެހުމާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖެހުމާއި އަދި 100 މީޓަރުގެ ގްރޮއިން ލުމެވެ.

ޑރ. މުޙައްމަދު މުޢިއްޒުތ. ގާދިއްފުށިއެމްޓީސީސީޕީއެންސީއެމްޑީޕީމުހައްމަދު މުއާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

10 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު